އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަނގެތީ ވެހި މަރާމާތުކުރުން
މިއިދާރާގެ ބެލުމުގެ ދަށުގައިވާ، ''ދަނގެތީ ވެހި'' ޢިމާރާތުގައި، ސަރުކާރުން މިރަށުގައި ދެއްވުމަށް ހަމަޖެހިފައިވާ އައިޑީ ކާޑް ޕްރިންޓްކުރާއި، ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ދިނުމަށާއި، އަދި މިޢިމާރާތުގެ އެހެނިހެން ބޭނުން ހިފޭނެ ފެންވަރަށް މަރާމާތުކުރަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތްކޮށް ދެއްވުމަށް ޝަވްޤުވެރިވެލައްވާ ފަރާތްތަކުން، 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ށް އަންދާސީ ހިސާބު ހިއްޕަވައިގެން މިއިދާރާގެ ޖަލްސާކުރާ މާލަމަށް ދުރުވެ ދެއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރަން ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
19 ޖުލައި 2026
ހޯދާ
