ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބޭނުންކުރުމަށްފަހު ނައްތާލުމަށް ނިންމާ ކަޅުތެޔޮ، ބައު ދަގަނޑު އަދި ޔޫސްޑް ބެޓަރީ ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ

 

ބޭނުންކުރުމަށްފަހު ނައްތާލުމަށް ނިންމާ ކަޅުތެޔޮ، ބައު ދަގަނޑު އަދި ޔޫސްޑް ބެޓަރީ ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް


 

                                                                          އިޢުލާނު ނަންބަރ: H/IUL/2026/96A

 

 

މި ކުންފުނީގައި ބޭނުންކުރުމަށްފަހު ނައްތާލުމަށް ބޭނުންވާ ކަޅުތެޔޮ އަދި ބައު ދަގަނޑު ނައްތާލުމުގެ މަސައްކަތް 01 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H/IUL/2026/96 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ކުޑަކަމަށް ފާހަގަ ކުރެވޭތީ އާއި މައުލޫމާތު ބަދަލު ވެފައި ވާތީ އަލުން މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

   

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2026 ޖުލައި 23 ވާ (ބުރާސްފަތި) ދުވަހުގެ 10:30 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ.

އިތުރު ތަފްޞީލް:

  • އަގުހުށަހަޅަންޖެހޭ ގޮތް: އަގު ހުށަހަޅާނީ މާލެ، ގްރޭޓަރ މާލެ ރީޖަން އަދި ސްޓެލްކޯ އިން ޚިދުމަތްދޭ އަތޮޅޮތަކަށް ބައު ދަގަނޑު، ކަޅު ތެޔޮ އަދި ޔޫސްޑް ބެޓެރި އަށް އަގު ވަކިން. ތިރީގައި މިވަނީ ހުށަހެޅޭނެ އެންމެ ދަށް އަގު.

 

 

ފެށޭ އަގު (ރުފިޔާ)

ތަފްޞީލް

މާލެ އަދި ގްރޭޓަރ މާލެ ރީޖަން

ސްޓެލްކޯ އިން ޚިދުމަތްދޭ އަތޮޅުތައް (ކ، ވ، މ، އއ، އދ، ޅ، މ އަދި ބ)

ބައު ދަގަނޑު (ކިލޯއަކަށް)

2.10

0.65

ކަޅުތެޔޮ ފީފާ (200 ލީޓަރު)

65

5.5

ޔޫސްޑް ބެޓަރީ (ކިލޯއަކަށް)

6.5

2.5

 

  • ރަށެއްގައި ބައު ދަގަނޑު އާންމުކޮށް ލިބެން ހުންނާނީ މަދުވެގެން 200 ކިލޯ އާއި 1000 ކިލޯ އާއި ދެމެދު
  • ރަށެއްގައި ކަޅުތެޔޮ އާންމުކޮށް ލިބެން ހުންނާނީ މަދުވެގެން  20 ފީފާ އާއި 50 ފީފާއާއި ދެމެދު

 

މި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި -/50،000ރ (ފަންސާސް ހާސް ރުފިޔާ) ސްޓެލްކޯގެ ބޭންކް އެކައުންޓް ނަންބަރު:001-100078-7704 (ބޭންކް އޮފް މޯލްޑިވްސް) އަށް ޖަމާކުރެއްވުމަށްފަހު، ފޯނު ނަންބަރު: 7325332 އަށް ޕޭމަންޓް ސްލިޕް ވައިބަރ ކުރަންވާނެއެވެ.

 

ޑިޕޮސިޓް ބަލައިގަތުން: 2026 ޖުލައި 28 ވާ އަންގާރަ ދުވަހުގެ 10:00 – 14:00 ނިޔަލަށް، 14:00 ގެ ފަހުން ފޮނުވާ އެއްވެސް ފައިސާއެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމަވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޑިޕޮސިޓް ފައިސާ ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ދައްކަވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދެންނެވީމެވެ.

 

އަންދާސީހިސާބު ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް، އިޢުލާނާއި ގުޅިގެން ދައްކަވާ ޑިޕޮސިޓް ފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނަމަވެސް އަގު ހުށައެޅުމަށްފަހު، 30 ދުވަހުގެ މުއްދަތުގެ ކުރިން އަންދާސީހިސާބު އަނބުރާ ނަގާ ނުވަތަ ބާޠިލު ކޮށްފިނަމަ، ޑިޕޮސިޓް ފައިސާ އަނބުރާ ރައްދުނުކުރެވޭނެއެވެ. އަދި އެފަރާތެއް ބްލެކްލިސްޓު ކުރެވޭނެއެވެ.

 

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 95 ޕޮއިންޓް

ހުށަހެޅޭ އެންމެ މަތީ އަގު / ހުށަހެޅި އަގު × 95

ތަޖުރިބާ: 05 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

ހުށަހަޅާ އަންދާސީހިސާބު ބާޠިލްވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2026/96A      

 

ބިޑް ހުޅުވުން:

 ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 29 ވާ (ބުދަ) ދުވަހުގެ 10:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.

 

                                                                    06 ޞަފަރު 1448

                                                                   20 ޖުލައި 2026

 ނޯޓް:

  • މި އިއުލާނަށް އަންދާސިހިސާބު ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ މުވައްޒަފަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސިހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ އަންދާސިހިސާބު ބާޠިލު ކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން އަންދާސިހިސާބު ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338472 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
20 ޖުލައި 2026
ހޯދާ