އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މެނޭޖަރ - އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް އެންޑް ޑޭޓާ އެނަލިޓިކްސް

 

މެނޭޖަރ  

މަޤާމު

އޮޑިޓަރ ޖެނެރަލްގެ އޮފީސް

މަސައްކަތް ކުރަންޖެހޭތަން  

1

ބޭނުންވާ ޢަދަދު

އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް އެންޑް ޑޭޓާ އެނަލިޓިކްސް ޔުނިޓް، ހޯލް އޮފް ގަވަމަންޓް އެންޑް އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ޑިޕާޓްމަންޓް 

ޑިޕާޓްމަންޓް

-/17,260ރ.

އަސާސީ މުސާރަ

-/9,885ރ.

މަޤާމުގެ އެލަވަންސް

-/270ރ. (ހާޒިރުވާ ދުވަހަކަށް)

ހާޒިރީ ޢިނާޔަތް

-/350ރ. 

ފޯނު އެލަވަންސް

  1. އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓަންޓްސް (އައި.އެފް.އޭ.ސީ) އިން ޤަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއް (މިސާލު: އޭސީސީއޭ/ސީމާ/ސީޕީއޭ/ސިޕްފާ) ގެ ކޮލިފައިޑް އެކައުންޓަންޓަކަށް ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުން. ނުވަތަ،
  3. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާގައި 9 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވުން.

ނޯޓް: ސަޓިފައިޑް އިންފޮމޭޝަން ސިސްޓަމްސް އޮޑިޓަރ (CISA) ހަދާފައިވާ ނުވަތަ އައިސީޓީ ދާއިރާއިން ތައުލީމު ހާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އަސާސީ ޝަރުތު

  1. މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން  ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
  2. ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  4. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

އެހެނިހެން ޝަރުތު

  1. އެނުއަލް ވޯކް ޕްލޭންގައި ހިމެނޭ އިންފޮމޭޝަން ސިސްޓަމް އޮޑިޓްތަކާއި މީގެ އިތުރުންވެސް ސުޕަވައިޒަރ ހަވާލުކުރާ އޮޑިޓްތައް  ބަޔާންކުރާ މުއްދަތުތަކަށް ޝާއިޢު ކުރުމަށްޓަކައި ކުރަންޖެހޭ އޮޑިޓް މަސައްކަތް ރާވައި ހިންގުން. އެގޮތުން ޚާއްޞަގޮތެއްގައި އޮޑިޓް މެނޭޖަރ އަންނަނިވި ކަންތައްތައް ކުރަންވާނެއެވެ:

ހ. އަހަރު ފެށުމުގެ ކުރިން އިންފޮމޭޝަން ސިސްޓަމް އޮޑިޓްތައް ކުރުމަށް ބޭނުންވާ ރިސްކް އެނަލިސިސް ހެދުމަށްފަހު އެނުއަލް ވޯކް ޕްލޭން ޑިރެކްޓަރ ޖެނެރަލަށް ފޮނުވުން.

ށ. އޮޑިޓް ޕްލޭން ކުރުމުގެ އެންމެހާ މަސައްކަތް ކޯޑިނޭޓު ކުރުމާއި، އޮޑިޓް ޕްލޭން މުރާޖަޢާ ކުރުމާއި ފާސްކުރުމާއި، އޮޑިޓް ޕްލޭނަކީ ރިސްކް ބޭސްޑް އުޞޫލުން އެކުލަވާލެވިފައިވާ ޕްލޭނެއްތޯ ބެލުމާއި އަދި ޕްލޭނުގައި ހިމަނާފައިވާ މަސައްކަތަށް ބޭނުންވާ ވަގުތަކީ އެކަށީގެންވާ ވަގުތުތަކެއްތޯ ބެލުން. 

ނ. އޮޑިޓްގެ ޢަމަލީ މަސައްކަތް (ފީލްޑް ވަރކް) ކޮށްފައިވަނީ އޮޑިޓް ޕްލޭނާއި އިންފޮމޭޝަން ސިސްޓަމް އޮޑިޓްތަކާއި ގުޅޭ ސްޓޭންޑަޑް ތަކާއި އެއްގޮތްވާގޮތުގެ މަތިންތޯ ބެލުން.

ރ. ޑައިރެކްޓަރ ޖެނެރަލަށް އިންފޮމޭޝަން ސިސްޓަމް އޮޑިޓް ރިޕޯޓްތައް ތައްޔާރުކުރުމާއި މުރާޖައާކުރުން.

  1. އޮޑިޓް ޓީމް މެނޭޖްކުރުމުގެ ގޮތުން މަސައްކަތް ހަވާލުކުރުމާއި، މީޓީން ބޭއްވުމާއި، ޓާރގެޓްތައް ކަނޑައެޅުމާއި، މޮނިޓަރ ކުރުމާއި، ފީޑްބެކް ދިނުން.
  2. އޮޑިޓްގެ މަސައްކަތް ކުރިއަށްދާ މިންވަރުބަލައި، މަސައްކަތްކުރަމުންދަނީ ޓައިމް ބަޖެޓާ އެއްގޮތަށްތޯ މޭނޭޖަރު ބަލައި އެއްވެސް އުނިއިތުރެއް އަތުވެދާނެކަމަށް ފެންނަނަމަ އެކަން ޑިރެކްޓަރ ޖެނެރަލަށް މަޝްވަރާކުރުން. އަދި ކަނޑައަޅާފައިވާ ވަގުތަށް އެއްވެސް އުނިއިތުރެއް ގެންނަނަމަ އެއުނިއިތުރެއް ދުރާލާ ފާސްކުރުން.
  3. އޮޑިޓް ޓީމުގެ ޕަރފޯމަންސް އެޕްރައިޒް ކުރުން.
  4. އޮޑިޓް ރިޕޯޓުގައި ހިމަނާފައިވާ ކަންތައްތަކާއި ގުޅޭގޮތުން އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރިކަން ޔަޤީންކުރުމާއި، އޮޑިޓްގެ މަސައްކަތު ކަރުދާސްތައް ތައްޔާރުކޮށްފައިވަނީ ރަގަޅަށްތޯ ބެލުން. މީގެ އިތުރުން އޮޑިޓްގެ މަސައްކަތު ކަރުދާހުގައި ހިމަނަންޖެހޭ މައްސަލަތަށް ވަތުގުތުން ވަތުގަށް އޮޑިޓް ކުރެވޭ މުއައްސަސާތަކާއި މަޝްވަރާކުރުން. އަދި އާއްމުގޮތެއްގައި، ހުރިހާ ސެކްޝަންތަކެއްގައިވެސް އޮޑިޓްގެ މަސައްކަތުގައި ދާއިމީ ގޮތެއްގައި އޮޑިޓް މެނޭޖްމަންޓް ސޮފްޓްވެއަރ އަދި އެހެނިހެން ޕްރޮގްރާމްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވެމުންދޭތޯ ޔަޤީންކުރުން.
  5. އިންފޮމޭޝަން ސިސްޓަމް އޮޑިޓްތައް އިތުރުށް ހަރުދަނާކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން.
  6. އެކި އިދާރާތަކުން ލިބޭ ނުވަތަ ހޯދާ ޑޭޓާ ސެޓްތައް އެކަށީގެންވާ ފެންވަރެއްގައި "ކްލީންކޮށް" ފުރިހަމަ ކުރުމަށްފަހު ދިރާސާކުރުން.
  7. އެކިއެކި އިދާރާތަކުން ލިބޭ ނުވަތަ ހޯދާ ޑޭޓާބޭސްތަކާއި ޑޭޓާ ސިސްޓަމްތަކުގެ ތަފްޞީލީ މަޢުލޫމާތު ހަރުދަނާ ގޮތެއްގައި ބެލެހެއްޓުމާއެކު، ޑޭޓާ އެއްކުރުމުގެ ޕްރޮސެސްތައް ޒަމާނީ މިންގަނޑުތަކާ އެއްގޮތަށް ތައްޔާރުކޮށް އެކުލަވާލުން.
  8. އެހެނިހެން ޑިޕާޓްމެންޓްތަކާ މަޝްވަރާކޮށް، އެ ފަރާތްތަކުގެ ޑޭޓާއާ ގުޅޭ އެންމެހައި ބޭނުންތައް ދެނެގަތުމާއެކު، އެ މަޢުލޫމާތުތަކަށް ބިނާކޮށް ދިރާސާކުރުމަށްފަހު، އޮޑިޓަށް ބޭނުންވާ އެކަށީގެންވާ ހުށަހެޅުންތައް ހުށަހެޅުން.
  9. އިންފޮމޭޝަން ސިސްޓަމް އޮޑިޓްގެ އިތުރުން، ޑިރެކްޓަރ ޖެނެރަލް ހަވާލުކުރާ އެހެނިހެން އޮޑިޓްތައް ކުރުން.

މައިގަނޑު މަސްއޫލިއްޔަތުތައް

  1. މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
  2. ކަވަރ ލެޓަރ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ

6. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)

7. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.

8. ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް  ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
  2. ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
  3.  ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
  4. މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
  5. މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
  6. އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.

އެހެނިހެން

03 އޮގަސްޓު 2026 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.

https://www.audit.gov.mv/vacancies

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348273،3348200  ނަންބަރު  ފޯނަށެވެ.

 

20 ޖުލައި 2026
ހޯދާ