މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އުޟޫލުން ތިރީގައި މިދަންނަވާ މަޤާމްތަކަށް 02 އަހަރު ދުވަހަށް މީހުން ހޯދުން:

(IUL)337-CA/337/2026/46 :ނަމްބަރު

 

އިޢުލާން

ވޭޖް އުޟޫލުން ތިރީގައި މިދަންނަވާ މަޤާމްތަކަށް 02 އަހަރު ދުވަހަށް މީހުން ހޯދުން:

މަޤާމް :

ވަގުތީ އިމާމް،ވަގުތީ މުދިމު

ބޭނުންވާ އަދަދު:

05

މަޤާމް އޮތް އޮފީސް :

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކ.މާފުށި ކުރީގެ ހުކުރު މިސްކިތް،މަސްޖިދުލް ފާރޫޤް،ކަތީބު ޙުސައިން މަނިކު މިސްކިތް

މަޤާމުގެ ،މަސްޢޫލިއްޔަތުތައް:

އެއްބަސްވުމުގައިވާގޮތަށް، މިސްކިތްތަކުގެ އިމާމުމްޗުއްޓީގައި ތިބޭ ދުވަސްތަކުގައި ނުވަތަ އެނޫންވެސް  ސަބަބަކާހުރެ މިސްކިތަށް ހާޒިރު ނުވެވޭފަދަ ދުވަސްތަކުގައި، ނަމާދުވަގުތަށް މިސްކިތަށް ހާޒިރުވެ ވަގުތަށް ބަނގި ގޮވުމާއި ނަމާދުކުރުން.

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު:

ކޮންމެ ނަމާދުވަގުތަކަށް 01 ގަޑިއިރު ހިމަނައިގެން ދުވާލަކު 05 ގަޑިއިރު މަސައްކަތްކުރާ ގޮތަށް.

މަޤާމް:

ރޭންކް

ކުލެޝިފިކޭޝަން

ޝަރުތު

މަސައްކަތް ކުރާ ގަޑިއިރަކަށް

 

އިމާމް

ޖީ.އެސް.3

އޮފިސަރ ގްރޭޑް 1

ޤުރުއާން ރީއްޗަށް ކިޔަވަން އެނގުން، ބަންގި ގޮވުމާއި ނަމާދުކުރަން އެގޭ ފަރާތަކަށްވުން.

61 ރުފިޔާ

 

މަޤާމް :

މިސްކިތު އެސިސްޓެންޓް

 

ބޭނުންވާ އަދަދު:

03

 

މަޤާމް އޮތް އޮފީސް :

މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ

 

ވަޒީފާ އަދާކުރަންޖެހޭ ތަން:

ކ.މާފުށި ކުރީގެ ހުކުރު މިސްކިތް،މަސްޖިދުލް ފާރޫޤް،ކަތީބު ޙުސައިން މަނިކު މިސްކިތް

 

މަޤާމުގެ ،މަސްޢޫލިއްޔަތުތައް:

އެއްބަސްވުމުގައިވާގޮތަށް، މިސްކިތްތަކުގެ މީހުން ޗުއްޓީގައި ތިބޭ ދުވަސްތަކުގައި ނުވަތަ އެނޫންވެސް  ސަބަބަކާހުރެ މިސްކިތަށް ހާޒިރު ނުވެވޭފަދަ ދުވަސްތަކުގައި،މިސްކިތާއި މިސްކިތުގެ ގޯތިތެރެ ފޮޅައި ސާފުކޮށް ބެލެހެއްޓުމާއި،މަޤާމާ ގުޅޭ އެހެނިހެން ކަންކަން ކުރުން.

 

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ އަދަދު:

ދުވާލަކު 06 ގަޑިއިރު މަސައްކަތްކުރާ ގޮތަށް.

 

މަޤާމް:

ރޭންކް

ކުލެޝިފިކޭޝަން

ޝަރުތު

މަސައްކަތް ކުރާ ގަޑިއިރަކަށް

 

މިސްކިތު މަސައްކަތު

އެސް.އެސް.1

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

ލިޔަންކިޔަން ދަތުމާއި އެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން.

45 ރުފިޔާ

 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަށް:

ލިބިފައިވާ ތައުލީމާއި ތަޖްރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

 

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ 02 އޮގަސްޓް 2026 އިން 06 އޮގަސްޓް 2026 އާއި ދެމެދު، މާލެއަތޮޅު މާފުށީ ކައުންސިލް އިދާރާގެ މީޓީންގ ރޫމް ގައެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

*ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. )

* ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދާއިރާއާ ގުޅޭ ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިއުންތައް.

* ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި، ތަމްރީންތަކާއި، ސެޓްފިކެޓްތަކުގެ ކޮޕީ.

* މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

* ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (ކާޑުގައިވާ ލިޔުންތައް ރަނގަޅަށް އެނގޭފަދަ ކޮޕީއެއް)

* ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު .

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒިފާއަށް އެދި ހުށަހަޅަންޖެހޭ ފޯމާއި އެހެން ލިޔުންތައް، 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:30ގެ ކުރިން، މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6640073 ނަންބަރު ފޯނާއެވެ.

 

                 

20 ޖުލައި 2026

 

 

 

 

 

 

20 ޖުލައި 2026
ހޯދާ