މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ކޫލްސްކޫލް މަރާމާތާއި ގުޅިގެން މިމަދަރުސާއިން ހޯދަން ބޭނުން ތަކެތި

  1. ހއ.ކެލާ މަދަރުސަތުއްޝައިޚް އިބްރާހިމްގެ ކޫލްސްކޫލް މަރާމާތާއި ގުޅިގެން،  މިމަދަރުސާއިން ހޯދަން ބޭނުން ތަކެތި، މިމަދަރުސާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަށް ބޭނުންވެއެވެ. އިޢުލާން ނަންބަރ: 906/IULAAN/2026/16 ގެ ބީލަމަށް، ލިބިފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ، އެތަކެތި ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ސްކޫލުގެ އީމެއިލް [email protected]  އަށް މެއިލްކޮށްގެން (މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުންކަން ކަށަވަރު ކުރަށްވާނެ) ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް މެއިލް ފޮނުވަންޖެހޭ މުއްދަތަކީ މިއިޢުލާން ގެޒެޓްކުރާ ވަގުތުން ފެށިގެން  28 ޖުލައި 2026 ގެ 10:00 އަށެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލް ގައި ، އިޢުލާން ނަންބަރ ، ގުޅޭނެ ފޯނު ނަންބަރު ޖެހުމަށް ފަހު ވިޔަފާރީ ރަޖިސްޓްރީގެ  ކޮޕީ އެއް އެޓޭޗް ކުރެވިފައިއޮންނަށްވާނެއެވެ.
  3. މިމަސައްކަތާއި  ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  28 ޖުލައި 2026 ގެ 11:00 ގެ ކުރިން ތިރީގައިވާ އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  4. މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ ޕްރިބިޑް މީޓިންގ އޮންނާނީ 28 ޖުލައި 2026 ގެ 11:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޮފީހުގައެވެ.
  5. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  30 ޖުލައި 2026 ގެ 10:00 ގައި ހއ.ކެލާ ޝެއިޚް އިބްރާހީމް ސްކޫލްގެ އޮފީހުގައެވެ. (މިސްކޫލްގެ އޮފީސް ވަނީ މަލްޓިޕާޕޯސް ހޯލްގެ ހުޅަނގު އުތުރުގައި އިން ކުލާހަށް ބަދަލުކުރެވިފަ)
  6. މިކަމާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑުރެހުން ލިބިވަޑައިގަންނަވާނެއެވެ.
20 ޖުލައި 2026
ހޯދާ