ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ ފިނޭ ކައުންސިލްގެ ބައެއް މަރާމާމާތުގެ ކޮށްދިނުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން (ތިންވަނަ އިޢުލާން)

މި އިދާރާގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)259/2026/48 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަގުތަކަކީ އެކަށީގެންވާ އަގުތަކަށްވުރެ ބޮޑު އަގުތަކެއް ކަމަށް މި ކައުންސިލަށް ފެންނާތީ، އެ އިޢުލާން ބާތިލުކޮށް، އެ މަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ވާ ގޫގުލް ފޯރމް މެދުވެރިކޮށް ބީލަމަށް ރަޖިސްޓުރީވުން އެދެމެވެ.

ގަޑި

ތާރީޙް

ތަފްސީލް

13:00

30 ޖުލައި 2026 (ބުރާސްފަތި)

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް:  [email protected]

13:00

02 އޯގަސްޓް 2026 (އާދިއްތަ)

ރަޖިސްޓަރ ވުމުގެ ސުންގަޑި

10:00

05 އޯގަސްޓް 2026 (ބުދަ)

އަންދާސީ ހިސާބު ހުށަހެޅުން

ތަން: ހދ ފިނޭ ކައުންސިލް އިދާރާގެ ޖަލްސާ ކޮޓަރި

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ގުޅުއްވާނީ 6528127 އަށެވެ.

އޮންލައިންކޮށް ރަޖިސްޓަރވުމަށް: https://forms.gle/1M5uHub4UCQS1D2y7

 

މި ބީލަން ހުޅުވާލެވިފައި މިވަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަދި މި ބީލަމުގައި ރަޖިސްޓަރވެފައިވާ ފަރާތްކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވޭނީ އެއް އަންދާސީ ހިސާބެވެ.

މި މަސައްކަތާއި ބެހޭ މައުލޫމާތު ކަރުދާހެއް މި ޢިއުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މައުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.

20 ޖުލައި 2026
ހޯދާ