ދިވެހިރާއްޖެ
މި މަރުކަޒުގެ ޖެނެރަލް ވޯޑް، ފީމޭލް ވޯޑް އަދި އިމަޖެންސީ ރޫމްގައި ހޮސްޕިޓަލް ބެޑް ކާޓެއިން ރެއިލިންގް އަމިއްލަ ތަކެތީގައި ހަރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލުން
މި މަރުކަޒުގެ ޖެނެރަލް ވޯޑް، ފީމޭލް ވޯޑް އަދި އިމަޖެންސީ ރޫމްގައި ހޮސްޕިޓަލް ބެޑް ކާޓެއިން ރެއިލިންގް އަމިއްލަ ތަކެތީގައި ހަރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ކޯޓޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 23 ޖުލައި 2026ވާ ބުރާސްފަތި ދުވަހުގެ 10:00އެވެ. ވީމާ ކޯޓޭޝަން ހުށަހެޅުއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަރުކަޒުގެ އޮފީހަށް ނުވަތަ މެއިލް ([email protected]) މެދުވެރިކޮށް ކޯޓޭޝަން ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
މި މަސައްކަތައް ކޯޓޭޝަން ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މި މަރުކަޒުގެ ނަންބަރު 6840173 އާ ގުޅުއްވުން އެދެމެވެ.
މިކަމުގެ މަޤްޞަދަކީ ވީހާވެސް ގިނަ ވިޔަފާރިތަކަށް މި މަރުކަޒުގެ މަސައްކަތްތަކަށް ނުވަތަ ހޯދަން ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގައި ފަސޭހަ ގޮތްތަކެއް ޤާއިމްކުރުމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
06ޞަފަރު 1448
