ދިވެހިރާއްޖެ
އައްޑޫއެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބްލަޑް ކަލެކްޝަން އަދި ކޮމްޕޮނެންޓް ބްލަޑް ބޭގް ސިސްޓަސް، SAGM އެޑިޓިވް ސޮލިއުޝަންސް އަދި ލިއުކޯސިޓް ރިޑަކްޝަން ފިލްޓަރސް އާއިއެކު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:(IUL)AEH/AEH/2026/14 އިޢުލާނަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ މިތަކެތި ހޯދުމަށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖުލައި 2026 ، އާދީއްތަ އިން ފެށިގެން 29 ޖުލައި 2026 ، ބުދަ ވާ ދުވަހުގެ 13:00އަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް އިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 29 ޖުލައި 2026 ، ބުދަ ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 03 އޮގަސްޓް 2026 ، ހޯމަ ވަނަ ދުވަހުގެ 10:30 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.
ރަޖިސްޓްރޭޝަން ލިންކް:
(IUL)AEH/AEH/2026/73- Transfusion Blood Bags Systems – Fill out form
