ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ގައްދޫ ކުނިގޮނޑު ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ

ގދ.ގައްދޫ ކުނިގޮނޑު ސާފުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމާއި ގުޅޭ

 

ގދ.ގައްދޫ ކުނިގޮނޑު ސާފުކޮށް ބަލަހައްޓާގެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ކޮޓޭޝަން ހުށަހެޅުން އެދެމެވެ.

-          މަސައްކަތުގެ މުއްދަތު: 02 މަސްދުވަސް

-          މަސައްކަތް ކުރަންޖެހޭ ގަޑި: ހެނދުނު 8:00 އިން 12:00 އަށް އަދި މެންދުރު 14:00 އިން 17:00 އަށް

 

މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 މިއިޢުލާނާއި ގުޅޭގޮތުން މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 9900297 ނަންބަރަށް ގުޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ގދ.ގައްދޫ ކައުންސިލް އިދާރާގެ [email protected] މައިލް އަށް ނުވަތަ އިދާރާގެ ކައުންޓަރ އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. ވީމާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

20 ޖުލައި 2026
ހޯދާ