މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރޯޝަނީ ބިލްޑިންގގެ އަށްވަނަ ފަންގިފިލާއަށް ބޭނުންވާ ވަރޑްރޯބް އަދި ކަބަޑް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ރޯޝަނީ ބިލްޑިންގގެ އަށްވަނަ ފަންގިފިލާއަށް ބޭނުންވާ ވަރޑްރޯބް އަދި ކަބަޑް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

ވީމާ، މިތަކެތި ސަޕްލައި ކޮށްދޭން ޝައުޤުވެރިވާ ފަރާތްތަކުން 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ. ކޯޓޭޝަންގައި ތަކެތި ސަޕްލައި ކޮށްދޭނެ އަގު، މުއްދަތު ، ކުންފުނީގެ ސީލް އަދި ވެރިފަރާތުގެ ސޮއި ހިމަނާފައި އޮންނަންވާނެއެވެ. ކޯޓޭޝަން ވެލިޑިޓީގެ ގޮތުގައި 30 ދުވަސް އޮންނަންވާނެއެވެ. މި އިއުލާނާއެކު ސްޕެސިފިކޭޝަން ވާނީ އެޓޭޗްކުރެވިފައެވެ.

 

މިތަކެތި ސަޕްލައި ކޮށްދިނުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު:19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

20 ޖުލައި 2026
ހޯދާ