ދިވެހިރާއްޖެ
ސަރުކާރުން ކުރިން ކަނޑައަޅާފައިވާ 200 ހައުސިންގް ޔުނިޓުގެ ބަދަލުގައި، 15,000 އަކަފޫޓުގެ ދެ ބިން ނުވަތަ 30,000 އަކަފޫޓުގެ އެއް ބިމުގައި ޓަވަރު ބިނާކުރުމާއި، ހޯރަފުށީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އިންޑޯރ ސްޕޯރޓްސް ކޮމްޕްލެކްސް އަށް ބިން ހަމަޖެއްސުމާއި ގުޅޭގޮތުން ރައްޔިތުންގެ ލަފަޔާއި ޚިޔާލު ހޯދުމަށް 2026 ޖުލައި 24 ވާ ހުކުރު ދުވަހުގެރޭ ރައްޔިތު ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، ރަށުކައުންސިލުން ރަށުގެ އިޢްޒަތްތެރި ރައްޔިތުންނާއި ބައްދަލުކުރުމަށްޓަކައި، ބާއްވާ ޙާއްޞަ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ.
ބައްދަލުވުން އޮންނަ ތާރީޚް: 24 ޖުލައި 2026 (ހުކުރު)
ތަން: ހއ.ހޯރަފުށީ ކައުންސިލްގެ އިދާރާ (މީޓިން ރޫމް)
ފަށާ ގަޑި: 20:30 (ރޭގަނޑު)
ނިންމާ ގަޑި: 21:30
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
05 ޞަފަރު 1448
