ދިވެހިރާއްޖެ
ގްލޯބަލް އިންޑިޔާ ބިޒްނަސް ފޯރަމުގެ ފަރާތުން އިންތިޒާމްކޮށް އިންޑިޔާގެ ހައިދަރުއާބާދުގައި މި އަހަރުގެ ޖުލައި 31 އިން އޯގަސްޓް 1 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ވަނަ އެޑިޝަންގެ އިންޑިޔާ - އޭޝިޔާ ބިޒްނަސް ކޮންކްލޭވް 2026 އަދި އިކޯ ސަސްޓެއިން އެކްސްޕޯ 2026 ގައި ދިވެހިރާއްޖޭގެ ވިޔަފާރި ކުންފުނިތައް ބައިވެރިވުމަށް ވަނީ ދައުވަތު އަރުވާފައެވެ.
އިންޑިޔާ- އޭޝިޔާ ބިޒްނަސް ކޮންކްލޭވް ފާހަގަ ކުރެވިފައިވަނީ މި ސަރަހައްދުގައި ބޭއްވޭ ބައިނަލްއަގުވާމީ ވިޔަފާރިތައް އެއްތަނަކުން ގުޅުވާލަދޭ އެއް ޕްލެޓްފޯމުގެ ގޮތުގައެވެ. މި މައުރަޒުގައި އިންޑިޔާގެ 500 އަށް ވުރެ ގިނަ ވިޔަފާރި ކުންފުނިތަކާއި، ބައިނަލްއަގުވާމީ ވިޔަފާރި ވަފުދުތަކާއި، ސިޔާސަތު ހައްދަވާ ފަރާތްތަކާއި، ސަރުކާރުތަކުގެ ބައިވެރިންނާއި، ޑިޕްލޮމެޓުންނާއި، ސިނާއީ ޖަމާއަތްތަކާއި އަދި އޭޝިޔާ ސަރަހައްދުން 20 ގައުމަށްވުރެ ގިނަ ގައުމުތަކުގެ ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުވުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެއެވެ.
މި ކޮންކްލޭވްގައި ބައިވެރިވާ ފަރާތްތަކަށް ވިޔަފާރި ނެޓްވޯކިން ފުރުސަތުތަކާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި ޖޮއިންޓް ވެންޗަރ ފުރުޞަތުތަކާއި، ސެކްޓަރ ބޭސްޑް ސެޝަންތަކާއި ޕެނަލް ޑިސްކަޝަންތަކުގައި ބައިވެރިވުމާއި، އިންޑިޔާގެ މެނިފެކްޗަރުން، އެކްސްޕޯޓަރުން، އިމްޕޯޓަރުން، ޓެކްނޮލޮޖީ ފޯރުކޮށްދޭ ފަރާތްތަކާއި އަދި އިންވެސްޓަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން ވިޔަފާރިތަކުން އުފައްދާ ތަކެއްޗާއި އަދި ފޯރުކޮށްދޭ ޚިދުމަތްތަކާއި އިންވެސްމަންޓްގެ ފުރުސަތުތައް ބައިނަލްއަގުވާމީ ފަރާތްތަކާއި ހިއްސާކޮށް ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އިންފްރާސްޓްރަކްޗަރ، ޓޫރިޒަމް، ހޮސްޕިޓެލިޓީ، ރިނިއުއަބަލް އެނަރޖީ، ފުޑް ޕްރޮސެސިންގ، ހެލްތްކެއަރ، އެޑިއުކޭޝަން، ޓެކްނޮލޮޖީ، މެނުފެކްޗަރިންގ، ލޮޖިސްޓިކްސް، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާއި ގުޅޭ ދާއިރާތަކުގެ މެދުގައި ސްޓްރެޓެޖިކް ޕާޓްނަރޝިޕްތައް ބިނާކުރުމުގެ ފުރުސަތުތައްވެސް ލިބިގެންދާނެއެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ހިއްސާކުރެވިފައިވާ ލިންކް https://docs.google.com/forms/d/e/1FAIpQLSeYEmH7RwraSBNBxSW1QA1DReQ64TVi997nd7jiDswe_gGtAg/viewform?usp=sharing&ouid=111442486241183312077 މެދުވެރިކޮށް ގޫލުލް ފޯމް ފުރިހަމަ ކުރެއްވުމަށް މި މައުރަޒު އިންތިޒާމް ކުރައްވާ ފަރާތުން ވަނީ އިރުޝާދު ދެއްވާފައެވެ. މި މައުރަޒާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ރަސްމީ ވެބްސައިޓް (www.gibf.biz)، އަދި [email protected] އީމެއިލް ކުރެއްވުން އެދެމެވެ.
