ދިވެހިރާއްޖެ
އިޢުުލާން
މިކޯޓަށް ފައިލްބަހައްޓާ ހަރެއް ޖަހައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިކޯޓުން ދޭ ނަމޫނާއާ އެއްގޮތަށް މިކޯޓުގައި ފައިލްބަހައްޓާ ހަރެއް ޖަހައި، ހަރުކޮށްދިނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 28 ޖުލައި 2026 ވަނަ ދުވަހުގެ 13:00 އަށް ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
- އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 05 އޯގަސްޓް 2026
- އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
- އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ގއ. މާމެންދޫ މެޖިސްޓްރޭޓް ކޯޓު
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ރަޖިސްޓްރީކޮށްފައިވާ ކުންފުނި، ލޯކަލް އިންވެސްޓްމެންޓް، ޕާރޓްނަރޝިޕް އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ޙާޟިރުވާއިރު އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ރަސްމީ ލިޔުމެއް (ރެޖިސްޓްރީ ކޮޕީ) ހުށަހަޅުއްވަންވާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލު ހަމަޖެއްސިކަން އަންގައިދޭ ސިޓީއެއް ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6820752 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
