މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
އެމް.ޕީ.އެލްގެ ފަރާތުން ތިލަފުށީގައި ތަރައްޤީކުރާ ޕޯޓް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ވެލުއޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އެމް.ޕީ.އެލްގެ ފަރާތުން ތިލަފުށީގައި ތަރައްޤީކުރާ ޕޯޓް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ވެލުއޭޝަން ހަދައިދޭނެ ފަރާތެއް ހޯދުމަށް މި ކުންފުނިން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވަލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ރެޖިސްޓްރޭޝަން

22 ޖުލައި 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފުރިހަމަ ކުރަންވާނެއެވެ.

2.

މަޢުލޫމާތު ސާފުކުރުން

 

ބިޑާއި ގުޅޭ ޕްރީ- ބިޑް ސެޝަން 22 ޖުލައި 2026 ވަނަ ދުވަހުގެ 11:00 ގައި އެމް.ޕީ.އެލް ހެޑް އޮފީހުގައި އޮންނާނެއެވެ. ބިޑަށް ރެޖިސްޓަރވާ ފަރާތްތަކުން ޕްރީ-ބިޑް ސެޝަންގައި ބައިވެރިވުމަށް އެދެމެވެ.

މަސައްކަތުގެ ތަފްސީލް (Terms of Reference)، ޚިދުމަތުގެ ދާއިރާ، ހުށަހަޅަންޖެހޭ ތަކެތި އަދި ޕްރޮކިއުމަންޓް މަރުހަލާ ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު، ރަޖިސްޓްރީވާ ފަރާތްތަކަށް މަޢުލޫމާތު ސެޝަންގައި ހިއްސާކުރެވޭނެއެވެ.

މި އިޢުލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 28 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުއްވައި ދެއްވުން އެދެމެވެ.

(ބިޑުގައި ރަޖިސްޓަރވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ.)

3.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

29 ޖުލައި 2026 ވަނަ ދުވަހުގެ 11:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

(ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

4.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3039256 އަށެވެ.

19 ޖުލައި 2026
ހޯދާ