މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
26 ވަނަ ފިކީ ފްރޭމްސް 2026 (29-30 ސެޕްޓެމްބަރ 2026)

                    އިންޑިއާގެ މުމްބާއީގައި 29-30 ސެޕްޓެމްބަރ 2026 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 26 ވަނަ ފިކީ ފްރޭމްސް އެގްޒިބިޝަންގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެ އަށް ހުޅުވާލެވިފައިވާކަމުގެ މަޢުލޫމަތު އިންޑިއާގެ ސަރުކާރުން ވަނީ މި މިނިސްޓްރީއާއި ހިއްސާކުރަށްވާފައެވެ. މި މަޢުރަޒު އިންތިޒާމު ކުރާ ފަރާތުން ވަނީ  ރާއްޖޭގެ ފިލްމު އުފައްދާ ފަރާތްތަކާއި، މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން މި މަޢުރަޒުގައި ބައިވެރިވުމަށް ދަޢުވަތު އަރުވާފައެވެ.

                    މި މަޢުރަޒުގެ މައިގަނޑު މަޤްސަދަކީ، މުނިފޫހިފިލުވުމުގެ ދާއިރާ އާއި ބްރޯޑްކާސްޓިން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އިންވެސްޓަރުންނާ އަދި ފިލްމީ ދާއިރާގެ ފަރާތްތަކާ ގުޅުވާލާ ޕްލެޓްފޯމް އެއް ހުޅުވާލަދީ، ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް ދިނުމެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖަންސް، ޑިޖިޓަލް މީޑިއާ، އޯޓީޓީ ޕްލެޓްފޯމްތައް، އަދި އައު ޓެކްނޮލޮޖީތަކުގެ ބޭނުން އިތުރުކޮށް ސިނާއަތު ކުރިއަރުވައި، ކޮންޓެންޓް، ސިނަމާ، ޓެލެވިޜަން، އެނިމޭޝަން، ވީއެފްއެކްސް، ގޭމިންގ، އަދި ޑިޖިޓަލް، މީޑިއާ ދުނިޔޭގެ ބާޒާރަށް ފުޅާކުރުމެވެ. އަދި ސިނާއަތުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ފުރުޞަތުތަކާ ބެހޭ ޚިޔާލު ބަދަލުކޮށް އިންޑަސްޓްރީގެ މުސްތަޤްބަލު ރަނގަޅު ކުރުމަށް އެހެން ޤައުމުތަކުގެ ބައިވެރިންނާއި އެކު ގްލޯބަލް ޕާރޓްނާޝިޕް އެއް ޤާއިމުކޮށް ދުނިޔޭގެ ބާޒާރުގައި ސިނާއަތް ގުޅުވާލަދިނުމެވެ.

                    މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، އިތުރު މައުލޫމާތު ހޯއްދެވުމަށް ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީގެ (ފިކީގެ) އީމެއިލް އެޑްރެސް ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށްފަހު، މި މަޢުލޫމާތު [email protected] އަށް އީމެއިލް ކޮށްދެއްވުން އެދި ދެންނެވީމެވެ.  

19 ޖުލައި 2026
ހޯދާ