ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގައްދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުން.

            ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު '' ޤާނޫނު ނަންބަރު: 07/2010 ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ގައްދޫ ކައުންސިލް ހިނގައިދިޔަ ގޮތާއިބެހޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ ޢާންމު ޖަލްސާ، މިހިނގާ ޖުލައި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ގައްދޫ ކުޑަކުދިންގެ ޕާރކްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ތިރީގައި މިދަންނަވާ ކަންކަމަށް އަލިއަޅުވާ ލެވިގެންދާނެއެވެ.

  1. 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު ގައްދޫ ކައުންސިލް ހިނގައިދިޔަ ގޮތުގެ ރިޕޯޓް  ރައްޔިތުންނަށް ހުށަހެޅުން.

           ވީމާ، މި ބައްދަލުވުމަށް ގައްދޫގެ ވީހާ ވެސް ގިނަ ރައްޔިތުން ވަޑައިގެން ދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 ޖުލައި 2026
ހޯދާ