ދިވެހިރާއްޖެ
އިޢްލާން
ލާމަރުކަޒީ ޤާނޫނުން ލާޒިމްކޮށްފައިވާ ޖުލައިމަހުގެ ބައްދަލުވުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 10 ވަނަ މާއްދާގެ ދަށުން މިއަހަރުގެ ޖުލައި މަހުގައި ބާއްވާ ރައްޔިތުންގެ ބައްދަލުވުން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި މާއެނބޫދޫ ސްކޫލުގެ މަލްޓިޕާޕަސް ބިލްޑިންގައި ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.
ބައްދަލުވުމުގެ އެޖެންޑާ:
1- ފާއިތުވެދިޔަ 6 މަސް ދުވަހުގެ ހުލާޞާ ރިޕޯޓް ހުށަހެޅުން.
2- މިއަހަރުގެ ކުރިޔަށް އޮތް 6 މަސް ދުވަހުގެ މަސައްކަތު ތާވަލް ޙިއްޞާކުރުން
3- 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާ ބަޖެޓާމެދު މަޝްވަރާ ކުރުން
4- ހުސްބިން ބޭނުން ކުރުމުގެ ޢުޞޫލާއިމެދު މަޝްވަރާ ކުރުން
ވީމާ، ރަށުގެ އެންމެހާ ލޮބުވެތި ރައްޔިތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ. ރަށުގެ ތަރައްޤީއާއި ކައުންސިލްގެ ހިންގުމާ ގުޅޭ މުހިންމު މަޢުލޫމާތުތައް އޮޅުންފިލުއްވުމަށް ވީހާވެސް ގިނަ ރައްޔިތުން މި ބައްދަލުވުމަށް ވަޑައިގެންދެއްވުންއެދި ދަޢުވަތު އަރުވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
