|
މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
|
ވަޒީފާ އަދާކުރާ އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
|
|
ގްރޭޑް:
|
7
|
ސްޕައިން ޕޮއިންޓް:
|
31
|
|
މުސާރަ:
|
މަހަކު 8,850.77 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,793.19ރުފިޔާ
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
މަސައްކަތު ގަޑި:
|
10:00 އިން 16:00 އަށް
|
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ކޯޕަރޭޓް ހެލްތް އިންޝުއަރަންސް ސްކީމް (ޕްރޮބޭޝަން ހަމަވެ ވަޒީފާ ދާއިމީ ވުމުން)
- ޑިޕެންޑެންޓުން (އަނބި/ފިރި އަދި ދަރިން) ހެލްތް އިންޝުއަރަންސް ސްކީމް ގައި ބައިވެރިކުރުމުގެ ފުރުސަތު (މުވައްޒަފު ޚަރަދުކުރާގޮތަށް)
- ސްޓާފް ޖިމް ފެސިލިޓީ
- ލައިބްރަރީ މެމްބަޝިޕް
|
|
މަގާމުގެ ޝަރުތު:
|
- މަސައްކަތުގެ ދާއިރާއިން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސެޓިފިކެޓެއް ހާސިލްކޮށްފައިވުމާއެކު 1 އަހަރު ދުވަހުގެ ތަޖުރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން.
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުން
- ކޮންމެ ސެމިސްޓަރއެއްގެ ކިޔެވުން ފެށުމުގެ ކުރިން މާއްދާތަކަށް ބޭނުންވާ ހާޒިރީ ފައިލްތައް ތައްޔާރުކުރުން.
- ދަރިވަރުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ރެކޯޑްތައް ބެލެހެއްޓުން
- ލެކްޗަރަރުންނާ ކުރެވޭ މުއާމަލާތްތަކުގެ ރެކޯޑްތަކާއި ދަރިވަރުންނާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ނިޒާމީގޮތެއްގައި ބެލެހެއްޓުން.
- އޮރިއަންޓޭޝަން ޕްރޮގްރާމްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން: ފެކަލްޓީއާ އަލަށް ގުޅޭ ދަރިވަރުންނާއި ވިޒިޓިންގ ލެކްޗަރަރުންނަށް ބާއްވާ އޮރިއަންޓޭޝަން ސެޝަންތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އެންމެހާ އިދާރީ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
- އުނގެނުމާއި އުނގަންނައިދިނުމުގެ ފެންވަރު ހިފެހެއްޓުމާ ގުޅޭ އިވެލުއޭޝަންތައް ހެދުމާއި ރިޕޯޓް ތައްޔާރުކުރުން:
- ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރެވޭ އެކި ދިރާސާތަކާއި އިވެލުއޭޝަންތަކަށް ބޭނުންވާ މަޢުލޫމާތު ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާ ގުޅިގެން ހޯދުން.
- ޑީންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް ޕޮލިސީ އެންޑް ކުއަލިޓީ މެނެޖްމަންޓް ޔުނިޓަށް ބޭނުންވާ އެކިއެކި ރިޕޯޓްތައް ތައްޔާރުކުރުން.
- ފެކަލްޓީ އިން ކޮންމެ ސެމިސްޓަރއެއްގައި އޮފަރ ކުރާ މާއްދާތަކުގެ ޓީޗިންގ އެންޑް ލާރނިންގ އާގުޅޭ އިވެލުއޭޝަން ރިޕޯޓްތައް ތައްޔާރުކުރުން.
- ކިޔަވައިދިނުމަށް ބޭނުންވާ ލިޔެކިޔުންތައް ޕްރިންޓްކުރުމާއި، ފޮޓޯކޮޕީ ހެދުމާއި، ހަވާލުކުރުން:
- ލެކްޗަރަރުންނަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ޕްރިންޓްކޮށްދިނުން
- އިމްތިހާނު ކަރުދާސްތަކާއި އެހެނިހެން ލިޔުންތައް ފޮޓޯކޮޕީ ހަދައި ކަމާގުޅޭ ފަރާތްތަކާ ހަވާލުކުރުން.
- ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި މުއާމަލާތްކުރުން:
- ނޯޓިސްބޯޑު، ފެކަލްޓީގެ ޓެލެގްރާމް، ވެބްސައިޓް އަދި އީމެއިލް މެދުވެރިކޮށް ދަރިވަރުންނަށް އެންގޭ އެންގުންތަކާއި، ޓައިމްޓޭބަލް ތަކާއި، ކެންސަލްވާ ކުލާސްތަކާއި ރީޝެޑިއުލް ކުރެވޭ ކުލާސްތަކުގެ މަޢުލޫމާތު ހިއްސާކުރުން.
- ފެކަލްޓީން ރާވައިގެން ބާއްވާ ގެސްޓް ލެކްޗަރތައް އިންތިޒާމްކޮށް، އެކަން ދަރިވަރުންނަށް އެންގުން.
- ދަރިވަރުންގެ ހާޒިރީ ރެކޯޑްތައް ބެލެހެއްޓުމާއި، މެޑިކަލް ސެޓްފިކެޓް އަދި އިދާރީ މުއާމަލާތްތައް:
- ކޮންމެ ހަތަރު ހަފުތާއަކުން ހުރިހާ މާއްދާތަކެއްގެ ދަރިވަރުންގެ ހާޒިރީ ޗެކްކުރުން
- ދަރިވަރުން ހުށަހަޅާ މެޑިކަލް ސެޓްފިކެޓްތަކުގެ ރެކޯޑްތައް ނިޒާމީގޮތެއްގައި ބެލެހެއްޓުން.
- ދަރިވަރުން ހުށަހަޅާ އެކި ފޯމުތަކާއި، ސިޓީތަކާއި އީމެއިލްތަކަށް އެކަށީގެންވާ ވަގުތުގެ ތެރޭގައި ޖަވާބުދިނުން.
- ފެކަލްޓީ ފެންވަރުގައި ބާއްވާ އިމްތިހާނުތަކާ ގުޅޭ ކަންކަން އިންތިޒާމުކުރުމާއި ބެލެހެއްޓުން:
- މިޑް-ސެމެސްޓަރ އިމްތިހާނުތަކާއި ފެކަލްޓީގެ ތެރޭގައި ބާއްވާ އެހެނިހެން އިމްތިހާނުތަކުގެ އިދާރީ އިންތިޒާމުތައް ރާވައި ތަންފީޒުކުރުން.
- އިމްތިހާނު ހޯލު ބެލެހެއްޓުމުގައި އެހީތެރިވުން.
- މޮޑެރޭޝަނަށް ބޭނުންވާ އިމްތިހާނު ކަރުދާސްތައް ސްކޭންކޮށް ކަމާގުޅޭ ލެކްޗަރަރުންނަށް އީމެއިލްކުރުން
- އިމްތިހާނު ކަރުދާސްތައް، މާކުކޮށް ނިމުމުން ކަރުދާސްތައް އެއްކޮށް ރައްކާތެރިކަމާއެކު ފައިލްކޮށް ރެކޯޑް ބެލެހެއްޓުން.
- އިމްތިހާނު ކަރުދާސް އަލުން މާކުކުރުމާއި ރިވިއުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮމިޓީ ބައްދަލުވުންތައް އިންތިޒާމްކުރުމާއި ޔައުމިއްޔާ ބެލެހެއްޓުން:
- ފެކަލްޓީގެ އެކި ކޮމިޓީތަކުގެ (އެކަޑެމިކް ރިވިއު ކޮމިޓީ، މެނޭޖްމަންޓް ކޮމިޓީ، ކޮލިޓީ މެނޭޖްމަންޓް ކޮމިޓީ، ކަރިކިއުލަމް ކޮމިޓީ އަދި އެޑްވައިޒަރީ ކޮމިޓީ) ބައްދަލުވުންތައް އިންތިޒާމުކޮށް ކޮމިޓީގައި ބައިވެރިވާ ފަރާތްތަކަށް އެންގުން.
- ކޮމިޓީ ބައްދަލުވުންތަކުގެ ހާޒިރީ ބެލެހެއްޓުން.
- ކޮމިޓީގެ ބައްދަލުވުން ބާއްވާތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ޔައުމިއްޔާ ތައްޔާރުކޮށް، ފައިލްކޮށް ބެލެހެއްޓުން.
- ލެކްޗަރަރުންގެ ދަތުރުފަތުރާއި ލޮޖިސްޓިކްސް އިންތިޒާމްކުރުން:
- ކެމްޕަސްތަކަށް ދަތުރުކުރައްވާ ލެކްޗަރަރުންގެ ޓިކެޓް ބުކްކުރުމާއި ދަތުރުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުން.
- ފެކަލްޓީގެ ބްލޮކް ދަތުރުތަކުގެ ތާވަލާ އެއްގޮތަށް އެކަޑަމިކް މުވައްޒަފުންގެ ދަތުރުތައް ރާވައި، ކަމާގުޅޭ އިންތިޒާމުތައް ހަމަޖެއްސުން.
- ފެކަލްޓީއަށް ޒިޔާރަތްކުރައްވާ ވިޒިޓިންގ ލެކްޗަރަރުންގެ ވިސާ އަދި އިންޝުއަރެންސްގެ ކަންކަން ފުރިހަމަކުރުން.
- އިދާރީ ހިންގުމާއި ލިޔެކިޔުމުން އެކިފަރާތްތަކާ މުއާމަލާތްކުރުމާއި ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުން:
- ފެކަލްޓީއަށް ލިބޭ ސިޓީތައް ބަލައިގަނެ އެންޓްރީކުރުން.
- ފެކަލްޓީން ފޮނުވާ ރަސްމީ ސިޓީތައް ތައްޔާރުކޮށް ފޮނުވުން.
- ފެކަލްޓީއަށް ހުށަހެޅޭ ފޯމުތަކާއި އީމެއިލްތައް ނިޒާމީގޮތެއްގައި ފައިލްކޮށް ބެލެހެއްޓުން.
- ރަސްމީ ގަޑިތަކުގައި އޮފީސް ހުޅުވައި ލެއްޕުމުގެ ޒިންމާ އުފުލުން.
- ނުރަސްމީ ގަޑިއެއްގައި އޮފީސް ހުޅުވަންޖެހިއްޖެނަމަ ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ހުއްދަ ހޯދުން.
- އެހެން އިދާރީ މުވައްޒަފަކު ޗުއްޓީގައި ނުވަތަ ސަލާމުގައި ހުންނަ ހާލަތްތަކުގައި، ހަމަޖެހިފައިވާ އުސޫލުން އެ މުވައްޒަފެއްގެ މަސައްކަތްތަކާ ހަވާލުވެ، މަސައްކަތްތައް ކުރުން.
- ޚާއްޞަ ހަރަކާތްތައް، މާރކެޓިންގ އަދި ސަނަދު ތައްޔާރުކުރުން:
- ފެކަލްޓީން ބާއްވާ ކޮންފަރެންސްތަކާއި، ތަމްރީނު ޕްރޮގްރާމްތަކާއި، ވޯކްޝޮޕްތައް އަދި ދަރިވަރުންގެ އެކި ހަރަކާތްތައް ރާވައި އިންތިޒާމްކުރުން.
- މާރކެޓިންގ ޑިޕާޓްމަންޓާ ގުޅިގެން ފެކަލްޓީގެ ކޯސްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން.
- ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަކުރާ ދަރިވަރުންނަށް ދެވޭ ސަނަދުތައް ތައްޔާރުކޮށް ދިނުން.
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ އަދާ ހަމަކޮއްފައިވާ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ އަދާކުރާ، ނުވަތަ އަދާކުރި، ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި، މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި މަސައްކަތްކޮށްފައިވީނަމަވެސް މަޤާމުތަކުގެ ތަފްޞީލް ވަކިވަކިން ބަޔާންކޮށް) އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޮލެޖް/ޔުނިވަރސިޓީ އިން ދީފައިވާ ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމަކާއި އަންއޮފިޝަލް ޓްރާންސްކްރިޕްޓް، އަދި އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
* ހުށަހަޅަންޖެހޭ ލިޔުންތައް ފޯމުގައި އެޓޭޗް ކުރައްވާނީ ޕީ.ޑީ.އެފް ފޯމެޓަށް، މަތީގައިވާ ތަރުތީބުން ހުރިހާ ލިޔުންތައް އެއް ފައިލަކަށް ބަދަލުކޮށްފައެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
2026 ޖުލައި 28 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNUHR-2026-96
|
|
ނޯޓް:
|
- ވަޒީފާއަށް ކުރިމަތިލާ ފަރާތަށް ފޮނުވަންޖެހޭ ރަސްމީ އެންމެހައި ލިޔުންތަކާއި ކުރެވޭ ރަސްމީ މުޢާމަލާތުތައް ފޮނުވޭނީ ފޯމުގައި ބަޔާންކޮށްފައިވާ އީމެއިލް އެޑްރެހަށެވެ.
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ނޯޓިސް ދިނުމަކާއި ނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345143 ނަންބަރު ފޯނަށެވެ.
|