ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު ބަންދުކުރުމާ ގުޅޭ
މި ރަށު ކުޑަކުދިންގެ ޕާކުގައި ހުރި ކުޅޭ ސާމާނުތައް ވަރަށް ބޮޑަށް ބައުވެ، ހަލާކުވެފައިވާތީ، އެ ތަން ބޭނުންކުރުމަކީ ކުޑަކުދިންގެ ރައްކާތެރިކަމަށް ބަލާއިރު އެންމެ އެކަށީގެންވާ ކަމަކަށް ނުވާތީ، މިއަދުން ފެށިގެން ޕާކު ބަންދުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، ޕާކު މަރާމާތުކޮށް އަލުން ހުޅުވެންދެން، އެއްވެސް ބޭނުމަކަށް ޕާކަށް ނުވަނުމަށާއި ޕާކުގެ ސާމާނުތައް ބޭނުން ނުކުރުމަށް އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޖުލައި 2026
ހޯދާ
