މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެޔޮ ފިހާރަ ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

އިޢުލާން

 

                                                                      

ތެޔޮ ފިހާރަ ކުއްޔަށް ދިނުމަށް ބޭނުންވެއްޖެ

                            މިރަށު ހައުސް އޮފް ރެޑްގެ ނަމުގައި ހިންގަމުންދާ ތެޔޮ ފިހާރަ ކުރިއަށްއޮތް މަސްދުވަހުގެ ތެރޭގައި ހުއްޓާލާނެކަމަށް ކައުންސިލަށް އަންގާފައިވާތީ، އެތަނުގައިވާ ތަކެތީގެ އަގު މިހާރު ތެޔޮ ފިހާރަ ހިންގާފަރާތަށް ދިނުމަށްފަހު، ބިޑު އުސޫލުން ކުއްޔަށްދިނުމަށްވަނީ ހަމަޖެހިފައެވެ.

          ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން  ރަސްގެތީމު ކައުންސިލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރުން

19 ޖުލައި 2026 އިން 21 ޖުލައި 2026 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރު ފަހު 13:00 އަށް ރަޖިސްޓްރީވުމަށް ރަސްގެތީމު ކައުންސިލް އިދާރާގެ މެއިލް އެ އެޑްރެސް: [email protected] އަށް މެއިލް ކޮށްގެނެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން

28 ޖުލައި 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި ރަސްގެތީމު ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

            މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރުމަށް ހުޅުވާލެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.

 

19 ޖުލައި 2026
ހޯދާ