ދިވެހިރާއްޖެ
މި ކޮމިޝަންގެ (IUL)195-A/1/2026/23 (06 ޖުލައި 2026) ނަންބަރު އިޢުލާނާ ގުޅިގެން 2026 ޖުލައި 15 ވަނަ ދުވަހު ބޭއްވުނު ނީލަން ކިޔުމުގައި އެއްވެސް ފަރާތަކުން ނީލަމުގައި ބައިވެރިވެ ވަޑައިގެންފައި ނުވާތީ އަލުން ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) ގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2026 ޖުލައި 29 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ކޮމިޝަން (ހ.ސަކީނާމަންޒިލް / މެދުޒިޔާރަތް މަގު) އަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ. މިދުވަހު ނީލަމުގައި ނުވިކޭތަކެތި އަގު ދައްކުރުމަށްފަހު ނީލަމުގެ ބައިވެރިންގެ ޙާޟިރުގައި ކުރިއަށް ގެންދެވޭނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތުން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
05 ޞަފަރު 1448
19 ޖުލައި 2026
