ދިވެހިރާއްޖެ
ޤާނޫނު ނަންބަރ: 2010/7 "އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" ގެ 107 ވަނަ މާއްދާގެ ދަށުން ، ކައުންސިލުގެ ފަރާތުން ޖުލައިމަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުން 25 ޖުލައި 2026 ވާ ހޮނިހިރު ދުވަހުގެރޭ 20:45 ގައި ޕްރީސްކޫލްގައި އޮންނާނެއެވެ.
ބައްދަލުވުމުގެ އެޖެންޑާ
1- 2027 ވަނަ އަހަރުގެ މަސައްކަތު ތާވާލް ހިއްސާކުރުން
2- 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހިއްސާކުރުން
3- ބ.ދޮންފަނުގެ މަގާއި ގޯޅިތަކާއި، އިޖުތިމާޢީ ސަރަޙައްދުތަކާއި، ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި، ގަސްއިންދުމާއި، ޖޯލިފަތި ފަދަ ތަކެތި ބެހެއްޓުމާ މަގުތައް ބެލެހެއްޓުމާއި ގުޅޭ އުސޫލު ހިއްސާކުރުން
4- ސުވާލާއި ޖަވާބު
މިބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި މިރަށުގެ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
