ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ނިލަންދޫ ކުޑަކުދިންގެ ޕާކުގެ ވޯކުވޭ ހެދުމާއި އެހެނިހެން މަސައްކަތަށް ބޭނުންވާނެ ތަކެތި ހޯދުމާއި ގުޅޭ:

ފ. ނިލަންދޫ ކުޑަކުދިންގެ ޕާކުގެ ވޯކްވޭ ހެދުމާއި އެހެނިހެން މަސައްކަތަށް ބޭނުންވާ ތަކެތި ގެނެސްދޭނެފަރާތެއް ހޯދަން ބޭނުންވެއެވެ.

މި މަސައްކަތުގެ  ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓު: (www.faafnilandhoo.gov.mv) އާއި، ފޭސްބުކް ޕޭޖު: (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.  މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް 2026 ޖުލައި 19 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑީގައި މަޢުލޫމާތު ކަރުދާސް ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

ވީމާ، މިމަސައްކަތްތައް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2025 ޖުލައި 28 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖު އަދި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

 

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

 

02 ޞަފަރު 1448

16 ޖުލައި  2025

18 ޖުލައި 2026
ހޯދާ