ދިވެހިރާއްޖެ
ކެނދިކުޅުދޫ ސްކޫލް
ދިވެހިރާއްޖެ
ކެނދިކުޅުދޫ ސްކޫލް ކްލާސްރޫމްތަކުގައި މުށިޖެހުން
މިސްކޫލްގެ 7 ކުލާސްރޫމުގައި މުށިޖެހުމަށް ބޭނުންވާތީ މިކަމަށް ޝަޢުޤުވެރިކަން ހުރި، ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓަރވެ، ދެންނެވިފައިވާ ތާރީހަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް 22 ޖުލައި 2026 ވާ ބުދަ ދުވަހުގެ 12:00 ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. އަދި ބީލަން ހުށައެޅޭނީ މިމުއްދަތުގައި ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށެވެ.
"ބިޑްރަޖިސްޓްރީފޯމް" ގެލިންކު:
https://forms.gle/Exxx2nWXSVjbAa6H9
މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެކުރިން ކެނދިކުޅުދޫ ސްކޫލްގެ އީމެއިލް އެޑްރެހަށް [email protected] ފޮނުއްވުންއެދެމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި ކެނދިކުޅުދޫ ސްކޫލްގައެވެ.
މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކެނދިކުޅުދޫ ސްކޫލް، ނ.ކެނދިކުޅުދޫ،ފޯން ނަންބަރ: 6560043
