ދިވެހިރާއްޖެ
" ކައުންސިލް ފުޓްސަލް ޗެލެންޖް 2026 " ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިޢުލާން ކޮށްލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ޕްރޮޕޯސަލް ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 16 ޖުލައި 2026 ން 30 ޖުލައި 2026 ގެ 09:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް "ޕްރޮޕޯސަލް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- ބިޑް ރަޖިސްޓްރީ ފޯމް ލިންކް: https://forms.cloud.microsoft/r/qCajSrsZZW
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 30 ޖުލައި 2026 ވަނަ ދުވަހުގެ ކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
މުބާރާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހަޅާ އަގު 200،000.00 (ދެ ލައްކަ ދިވެހި ރުފިޔާ) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމާއި ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މަކުނުދޫ ކައުންސިލް އިދާރާގައެވެ.
މި ޕްރޮޖެކްޓާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮކިއުމަންޓް ޔުނިޓް
- މަކުނުދޫ ކައުންސިލް އިދާރާ
- ހދ.މަކުނުދޫ
- ފޯން: 9695777
- އީމެއިލް: [email protected]
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.
2 ޞަފަރު 1448
16 ޖުލައި 2026
