ދިވެހިރާއްޖެ
މި ކުންފުނީގެ ތިލަފުށީ ޕޯޓްގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އަދި ބެތީމެޓްރިކް ސާވޭކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވުނު ޢިއުލާން (IUL)113-PD/1/2026/44 ނަންބަރު ބާތިލުކޮށް އަލުން ޢިއުލާނު ކުރީމެވެ.
ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
1. |
ރެޖިސްޓްރޭޝަން |
23 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފުރިހަމަ ކުރަންވާނެއެވެ. |
|
2. |
މަޢުލޫމާތު ސާފުކުރުން
|
ބިޑާއި ގުޅޭ ޕްރީ- ބިޑް ސެޝަން 23 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގައި އެމް.ޕީ.އެލް ހެޑް އޮފީހުގައި އޮންނާނެއެވެ. ބިޑަށް ރެޖިސްޓަރވާ ފަރާތްތަކުން ޕްރީ-ބިޑް ސެޝަންގައި ބައިވެރިވުމަށް އެދެމެވެ. މި އިޢުލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 23 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުއްވައި ދެއްވުން އެދެމެވެ. (ބިޑުގައި ރަޖިސްޓަރވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ.) |
|
3. |
އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް |
28 ޖުލައި 2026 ވަނަ ދުވަހުގެ 14:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.) |
|
4. |
އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް |
އަގު ހުށަހަޅާ ފޯމް އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް. |
އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3039256 އަށެވެ.
