ދިވެހިރާއްޖެ
ކުރޫ
ސެންޓްރަލް އޮޕަރޭޝަންސް
ވަޒީފާ އަދާކުރަންޖެހޭ ތަން: ހުޅުމާލެ
މަސައްކަތު ގަޑި: ޝިފްޓް ޑިއުޓީ
ތައުލީމީ ފެންވަރާއި ތަޖުރިބާ:
- ގްރޭޑް 8 ނިންމާފައިވުން (ނުވަތަ)
- އަސާސީ ތަޢުލީމު ފެންވަރު ހުރުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
ބާޖުގެ ކެޕްޓަންގެ އިރުޝާދުތަކާއި އެއްގޮތްވާ ގޮތުގެމަތިން ފަރުވާތެރިކަމާއެކު ވަޒީފާގެ އެންމެހާ ޒިންމާތައް އަދާކުރުން.
މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ތާވަލާއި އެއްގޮތްވާގޮތުގެ މަތިން އުޅަނދުގެ ބޭރު، ޑެކްމަތި އަދި އުޅަނދުގެ އެތެރެ ސާފުކުރުން ( މޫދުގައި ކުރަންޖެހޭމަސައްކަތް ) ފެހިކަހާ ބޮއިސާފްކޮށް، ރީތިފެނުން
ދޮވުން އަދި އުޅަނދުގެ ބޭރު އަދި އެތެރޭގައި ދަބަރު ތެޅުމާއި ދަވާދުލުމުގެ މަސައްކަތް ކުރުން.
- ބާޖުގައި ކުރާ ދަތުރުތައް ނިމުމުން ބާޖު ފަޅުގައި އެޅުމަށް ފަހު އުޅަނދުގެ އެތެރެ ރީތިކޮށް ދޮވެ ސާފުކުރުން.
- ދަތުރުތައް ނިމެންދެން އުޅަނދު އަޅާފައިއޮންނަ ސަރަހައްދުގައި މަޑުކުރުން އަދި އުޅަދުގެ ކެޕްޓަންއަށް އެންގުމަށްފަހު ހުއްދަ ލިބުމުން މެނުވީ އުޅަނދު ދޫކޮށް ނުދިއުން.
- އުޅަނދު ފަޅުގައި އަޅާއިރު އާއި ފުރާއިރު ފަރުވާތެރިކަމާއެކު ކެޕްޓަންގެ އިރުޝާދުގެ ދަށުން އެވަގުތު ކުރަންޖެހޭ މަސައްކަތް ކުރުން، އުޅަނދު އެޅުމުގަ ނުވަތަ ފުރުމުގައި
ފަޅުވެރިޔާގެ އިޙުމާލުން ދޯންޏަށް ލިބޭ ގެއްލުމަށް ޒިންމާވުން.
- ބާޖުގައި ކުރާދަތުރުތަކުގައި މުދާ ލޯޑް ކުރުމާއި އަންލޯޑް ކުރުމަށް ފަޅުވެރިންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ދިނުން،އަދި އުޅަނދުގައި ގެންނަ
މުދާ ފަޅާއި ހަމަޔަށް ގެނެވެންދެން ފަރުވާތެރިކަމާއިއެކު ބެލެހެއްޓުން.
- އުޅަނދު މަރާމާތަށް ހުޅުމާލެއަށް ނުވަތަ ކައިރި އެހެން ރަށަކަށް ޑޮކް ކުރަން ޖެހިއްޖެ ހާލަތެއްގައި، މަރާމާތުގެ މަސައްކަތް ނިމެންދެން އުޅަނދު ބެލެހެއްޓުމަށް
އުޅަނދުގައި ޑިއުޓީއަދާކުރުން، އަދި އުޅަނދު ޑޮކް ކުރުމަށްފަހު ދަބަރުތަޅައި ދަވާދުލުމުގެ މަސައްކަތް ކުރުން.
- މަސައްކަތް ކުރާ އުޅަނދު ނޫން އެހެން އުޅަދެއްގެ ފަޅުވެރިއަކަށް ނާދެވިއްޖެ ހާލަތެއްގައި، އޮފީހުން އެންގުމުން އެއުޅަދެއްގައި ވަގުތީގޮތުން ފަޅުވެރިއެއްގެ ގޮތުގައި
މަސައްކަތް ކުރުން.
- މަގާމުގެ މަސްއޫލިއްޔަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ފަތަން އެގުމާއި ސަލާމަތީ ކަންތައްތައް އެނގުން
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ފުރިހަމަ ސިއްހަތެއްގައި ހުރުން.
- ގަޑިއަށް ފަރުވާތެރިވުމާއި ހަވާލުކުރެވޭ މަސައްކަތް ވަގުތައް ނިންމުން.
މުސާރަ: 11,500.00ރ
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
........................................................................................................................
ބޭނުންވާ ލިޔެކިޔުންތައް:
- އައިޑީ ކާޑު ކޮޕީ
- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
- ސީވީ
ވަޒީފާގެ ބާވަތް:
ކޮންޓްރެކްޓް އުސޫލުން (ފުރަތަމަ އެއް އަހަރުގެ ކޮންޓްރެކްޓެއް ހުށައެޅުމަށްފަހު، ދާއިމީ ކުރުމަށް ނިންމާނީ ފުރަތަމަ ކޮންޓްރެކްޓް ނިމުމުންނެވެ).
މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 22 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެޗް.ޑީ.ސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޕޯޓަލް ލިންކު:jobs.hdc.mv
އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.
