ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލް ކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ޖުލައި މަހު ޢާންމުކޮށް ހުޅުވާލައިގެން ބާއްވާ ރައްޔިތުންގެ ބައްދަލްވުން 2026 ޖުލައި 24 ވާ ހުކުރު ދުވަހުގެރޭ 20:30 ގައި އިހަވަންދޫ ރަށްވެހި ހިޔާ ހޯލުގައި ބޭއްވުމަށް ވަނީ ނިންމަވާފައެވެ. މި ބައްދަލްވުމުގައި 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ޚިޔާލު ހޯދުމާއި 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާގެ ކައުންސިލްގެ ނިންމުން ތަކާއި ގުޅޭގޮތުން މަޝްވަރާކުރުންވެސް އޮންނާނެއެވެ.

ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް، އިހަވަންދޫ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖުލައި 2026
ހޯދާ