ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
''ނަމާދު ވޯކްޝޮޕް'' އާއި ގުޅޭ

   ގދ. މަޑަވެލި ކައުންސިލާއި ގދ. މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ގުޅިގެން 21 ޖުލައި 2026 އިން 6 އޮގަސްޓް 2026 އަށް ''ނަމާދު ވޯކްޝޮޕް'' ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމަކީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބިޖައްސައި، ނަމާދަށް އަހުލުވެރިކުރުމުގެ ގޮތުން ބާއްވާ ޕްރޮގްރާމެކެވެ. އެގޮތުން ކުޑަކުދިންނަށް މި ޕްރޮގްރާމް ނިމޭއިރު، ވުޟޫކުރުމާއި، ނަމާދުގައި ކިޔާތަކެތި ދަސް ކޮށްދިނުމާއި އަދި ނަމާދުގެ ޙަރަކާތްތައް ދަސްކޮށްދިނުމަކީ މި ޕްރޮގްރާމްގެ ބޭނުމެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މަޑަވެލީގައި ދިރިއުޅެމުންދާ 5 އަހަރާއީ 12 އަހަރާއި ދެމެދުގެ އަންހެން އަދި ފިރިހެން ކުދިންނަށް ވަނީ ހުޅުވާލެވިފައެވެ.

      ވީމާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ  ކުދިން 20 ޖުލައި 2026 ވާ ބުދަ ދުވަހު 12:00 ގެ ކުރިން ތިރީގައިމިވާ ލިންކް މެދުވެރިކޮށް ފޯމު ފުރުއްވުން އެދެމެވެ.

ފޯމް ލިންކް: https://forms.gle/6fpHCiR2AKimiSp99

މިޕްރޮގްރާމްގައި 50 ކުދިންނަށް (25 ފިރިހެން ދަރިވަރުން، 25 އަންހެން ދަރިވަރުން) ފުރުޞަތު ދިނުމަށް ނިންމާފައިވާއިރު، އެންމެ ފުރަތަމަ ފޯމު ފުރަމުންދާ ތަރުތީބުން ފުރުޞަތު ދިނުމަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ،  މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

           16 ޖުލައި 2026

16 ޖުލައި 2026
ހޯދާ