މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލް ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

ނީލަމާއިބެހޭ މަޢުލޫމާތު

މި ސްކޫލުގެ ބެލުމުގެދަށުގައި ހުރި މިދަންނަވާ ތަކެތި ނީލަންކިޔަން ބޭނުންވެއެވެ. ނީލަންކިޔުން އޮންނާނީ 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި މި ސްކޫލުގެ ގޯތި ތެރޭގައި އެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. 

ނީލަންކިޔުމުގެ އުސޫލު

1-    ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

2-    ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

3-    ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

4-    ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

5-    ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، 29 ޖުލައި 2026 ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން މި ސްކޫލަށް ދައްކައި ޚަލާޞްކުރަންވާނެއެވެ.

            ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 23 ޖުލައި 2026 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި މި ސްކޫލަށް ވަޑައިގެން ދެއްވުން އެދެމެވެ. 

16 ޖުލައި 2026
ހޯދާ