ފައިނު ޞިއްޙީ މަރުކަޒު، ރ. ފައިނު
ދިވެހިރާއްޖެ
ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ ( ކަސްޓަމާރ ސާވީސް ) ( ޕަބްލިކް ސަރވިސް ރޭންކް 5 )

ފައިނު ޞިއްޙީ މަރުކަޒު

ރ. ފައިނު، ދިވެހިރާއްޖެ.


 ނަމްބަރު: (IUL)FHC-777/2026/03

ތާރީހް: 16 ޖުލައި 2026

 

ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ ( ކަސްޓަމާރ ސާވީސް ) ( ޕަބްލިކް ސަރވިސް ރޭންކް 5 )

އިޢުލާނު

 

މަޤާމު:

ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން އޮފިސަރ

މަޤާމުގެ ނަންބަރު:

 

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 5 – ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-

ޑިވިޜަން/ސެކްޝަން:

-

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފައިނު ޞިއްޙީ މަރުކަޒު

މުސާރަ:

 9,700 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  • މަޤާމުގެ އެލަވަންސް މަހަކު 2,910 ރުފިޔާ
  • ހާޒިރީ އިނާޔަތް: ހާޒިރުވާ ކޮންމެ ދުވަހަކަށް: 80.00 ރުފިޔާ
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ދައުލަތުގެ ޕޭ ފްރޭމްވާރކްގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. ހޮސްޕިޓަލާއި އެހެނިހެން މުއައްސަސާތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ސްޕަވައިޒަރުގެ ލަފާގެމަތިން ވަގުތުން ވަގުތަށް ފޮނުވުން.
  2. ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރާ ޓީމުތަކުގެ މެހެމާންދާރީގެ ކަންތައްތައް ރާވާ އިންތިޒާމުކޮށް އެކަންތައް ކުރިއަށް ގެންދިއުމު ގައި އެހީތެރިވުން.
  3. ޞިއްޙީ މަރުކަޒުން އެކިއެކި ފަރާތްތަކަށް ފޮނުވޭ ލިޔެކިއުންތަކާއި، ޞިއްޙީ މަރުކަޒަށް އެކިއެކި ފަރާތްތަކުންލިބޭ ލިޔެކިއުންތައް ހަރުދަނާ ގޮތެއްގެމަތިން ފައިލްކޮށް ބެލެހެއްޓުން.
  4. ޕަބްލިކް ހެލްތް ޔުނިޓުން ހިންގާ އެވެއަރނެސް ޕްރޮގްރާމްތަކުގައި އެހީތެރިވުން.
  5. އޮފީހަށް އަންނަ އެންމެހާ ލިޔުންތައް އެންޓްރީކޮށް އިސްވެރިންނަށް ހުށަހަޅާ، އިސްވެރިންގެ އިރުޝާދުގެ ދަށުން އެ ލިޔުމެއް ޙަވާލުކުރަންޖެހޭ ސެކްޝަންތަކަށް ލިޔުންތައް ޙަވާލުކުރުން.
  6. ފޯނުކޯލްތަކަށް ރީތިބަހުން ޖަވާބުދާރީވުމާއި، ޚިދުމަތްތެރިގޮތެއްގައި ފޯނުގެ ޚިދުމަތް ފޯރުކޮށްދިނުން.
  7. އެމްބިއުލާންސްގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް އެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދިނުމަށްފަހު ކަނޑައެޅިފައިވާ އަގު ނެގުން.
  8. ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށްދެވޭ ޚިދުމަތުން އެއްވެސް ފައިސާއެއް ނަގަންޖެހޭނަމަ ، ފައިސާ ނަގާ ރަސީދުލިޔުމާއި ހަވާލުކުރުން.
  9. އާސަންދަ އަދި މަރުކަޒުންދޭ އެހެނިހެން ހެލްތް އިންސުއަރެންސް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްކުރުން. ޑިއުޓީގައި ދެވޭ ޚިދުމަތްތަކުގެ ޓްރާންސެކުޝަންތައް ދުވަހުން ދުވަހަށް ހެދުން، އަދި ޤަވައިދުން އިންވޮއިސް ތައްޔާރުކުރަމުން ގެންދިއުން.
  10. ބަލިމީހާ ޑޮކްޓަރަށް ހުށަހަޅާ މައްސަލަތައް ޑޮކްޓަރަށް އޮޅުންފިލުވައިދިނުމާއި، ޑޮކްޓަރ ބަލިމީހާއަށް އަންގައިދިނުމަށް ވިދާޅުވާ ވާހަކަތައް ބަލިމީހާއަށް އަންގައިދިނުން. އަދި ޑޮކްޓަރ ލިޔެދެއްވާ ބޭސްސިޓީ ލިޔުމުގަޔާއި އަދި މިފަދަ އެހެނިހެން ކަންކަމުގައި ޑޮކްޓަރަށް އެހީތެރިވުން.
  11. ޑޮކްޓަރ ބަލިމީހުންނަށް ދޫކުރައްވާ މެޑިކަލް ސެޓްފިކެޓް، ސަލާމުގެ ސެޓްފިކެޓް ފަދަ ތަކެތި ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުމާއި، އޭގެ ކޮޕީތައް ރައްކާތެރިކަމާއިއެކު ފައިލްކޮށް ބެލެހެއްޓުން.
  12. ކޮންސަލްޓޭޝަން ރޫމާއި ރިސެޕްޝަން ކައުންޓަރަށް ބޭނުންވާ ތަކެތި ކޮންމެ ދުވަހަކުވެސް މަސައްކަތް ފެށުމުގެ ކުރިން ހަމަކުރުން، އަދި މަސައްކަތުގައި ބޭނުންކުރާ އިކްވިޕްމަންޓްސް އާއި މެޝިނަރީޒްއަށް އެއްވެސް ގެއްލުމެއް ނުވަތަ މައްސަލައެއް ދިމާވެއްޖެނަމަ ލަސްނުކޮށް ވެރިޔާއަށް ނުވަތަ އިންޗާރޖަށް ދުވަހުން ދުވަހަށް ރިޕޯރޓްކުރުން އަދި ރިސެޕްޝަން ކައުންޓަރ ސާފުކޮށް ބެލެހެއްޓުން.
  13. އާންމުންނަށް ކޮންމެހެން އެގެންޖެހޭ މަޢުލޫމަތުތަކާއި، ގަވާއިދުތައް އާންމުންނަށް ފެންނާނެހެން ޞިއްޙީމަރުކަޒުގެ ނޯޓިސްބޯޑްގައި ބެހެއްޓުން.
  14. ޞިއްޙީ މަރުކަޒުގެ އޯޕީޑީ އޭރިއާގައި ޚިދުމަތްދެވޭ ބަލިމީހުންގެ ފައިލް ނުވަތަ ރެކޯރޑްތައް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ފަރުވާތެރިކަމާއިއެކު ބަލަހައްޓާ، ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ( ކޮމިއުނިކަބަލް ޑިޒީޒް / އެން ސީ ޑީ ރިޕޯޓް / މެޑިކަލް ރެކޯޑްސް ) ކަނޑައެޅިފައިވާ ގޮތުގެ މަތީން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  15. ޑެއިލީ ސަވައިލަންސް އަށް ބޭނުންވާ ބަލިމީހުންގެ މަޢުލޫމާތުތައް ފޭޝަންޓް އިންފޮމޭޝަން ސިސްޓަމްއަށް ޑެއިލިކޮށް އެންޓަރކުރުން.
  16. ރިފަރކުރާ ބަލިމީހުންގެ ކަންކަމުގައި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުން ފުރިހަމަކުރުމާއި، ޑޮކްޓަރަށް އެހީތެރިވުމާއި، އެކަމާއިގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުމުގައި އެހީތެރިވުން.  
  17. ޞިއްޙީ އިމަޖެންސީތަކާއި، ޕެންޑަމިކް އަދި ކާރިސާ ތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން. 

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ އެޑްވާންސް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ ހާޞިލްކޮސްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެކައުންޓިންގ
  • އެކައުންޓިންގ އެންޑް ފައިނޭންސް
  • އެޑްމިނިސްޓްރޭޝަން
  • އޮޑިޓިންގ
  • ބިޒްނަސް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް 
  • ކޮމާރސް 
  • ފައިނޭންސް 
  • ފައިނޭންޝަލް މެނޭޖްމަންޓް
  • ފައިނޭންޝަލް ޕްލޭނިންގ
  • ހިޔުމަން ރިސޯސް މެނޭޖްމަންޓް 
  • އިންޓަރނަލް އޮޑިޓިންގ
  • އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް 
  • އިސްލާމިކް ފައިނޭންސް
  • މެނޭޖްމަންޓް
  • ނާސިންގ
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  • ޕަބްލިކް ފައިނޭންސް
  • ޕަބްލިކް މެނޭޖްމަންޓް 

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

ޞިއްޙީ ޚިދުމަތްދޭ އިދާރާއެއްގެ އެޑްމިނިސްޓްރޭޝަނާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ނޯޓް: ވަޒީފާއަށް ކުރިމަތިލާ ފަރާތުން މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ދާއިރާއަކުން ސަނަދެއް ހުށަހަޅާފައިވާނަމަ، އެ ފަރާތަކަށް ކްރައިޓީރިއާގައި ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓްދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ އޮފީހުން  އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.  
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމު ދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.  ( މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ( ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން " ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

 (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް )، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން.       

(ރ) ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް ) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި ، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތްނަމަ، ވަޒީފާއަށް އެދޭ ފަރާތުގެ ރެފަރެންސް ޗެކް ފޯމް"

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 ގެ 12.4 ވަނަ މާއްދާގައި ހިމަނާފައިވާނެއެވެ.

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ60%(ފަސްދޮޅަސް އިންސައްތަ) އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  23 ޖުލައި 2026 ވާ ދުވަހުގެ 14:00 ގެ ކުރިން، އީ-މެއިލް މެދުވެރިކޮށް [email protected]    އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ. 

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ 28 ޖުލައި 2026 އާއި 20 އޯގަސްޓް 2026 އާއި ދެމެދު ފައިނު ޞިއްޙީ މަރުކަޒު އިދާރީ އޮފީހުގައެވެ. ވުމާއިއެކު މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚުގައި އިންޓަރވިއު އަދި އެސެސްމެންޓަށް ހާޞިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 03 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 03 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6584673  އަށެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

16 ޖުލައި 2026
ހޯދާ