ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދު މޫސާ ޢަލީ މަރާމާތުކުރުން

`

(IUL)245-MIM/245/2026/53 :ނަންބަރު

 

 އިޢުލާން

މަސްޖިދު މޫސާ ޢަލީ މަރާމާތުކުރުން

1 -    މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، މަސްޖިދު މޫސާ ޢަލީގެ މަރާމާތު މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)245-MIM/245/2026/39 އިޢުލާނާ ގުޅިގެން ޝަރުތުހަމަވާ ބީލަމެއް ހުށަހަޅާފައިނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހަތަރުވަނަ ފަހަރަށް އިޢުލާނުކުރަމެވެ.

2 -    މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ‏2026‏ ޖުލައި‏ 22ވަނަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަ ކޮށްގެން، ރަޖިސްޓްރީކުރުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މައިކްރޯސޮފްޓް ފޯމުގެ ލިންކު: https://forms.cloud.microsoft/r/0vTgKzXDhq

 

3 -    މަސައްކަތާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ ‏2026‏ ޖުލައި‏ 22‏ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެއިލު ކުރުން އެދެމެވެ. ނުވަތަ މި އިދާރާގެ ނަންބަރު 6501005ށް ގުޅުން އެދެމެވެ.

4 -    ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ ‏2026‏ ޖުލައި‏ 29‏ވާ ބުދަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

5 -    ބީލަން ފޮތާއި ކުރެހުންތައް، އަދި މަސައްކަތާ ގުޅޭ އެހެނިހެން މައުލޫމާތު މި އިޢުލާނާއެކު ހިމަނާފައި ވާނެއެވެ.

‏02‏ ޞަފަރު‏ 1448

‏16‏ ޖުލައި‏ 2026

16 ޖުލައި 2026
ހޯދާ