އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އދ.މަންދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 1448
ކިޔަވާކުދިންނާއި، ބޮޑެތިމީހުންގެ މެދުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި ޢާލާކުރުމުގެ މަޤްޞަދުގައި "އދ.މަންދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 1448" ގެނަމުގައި 08 އޮގަސްޓް 2026 ގައި ޤުރްއާން މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ޝަޢުގުވެރިކަންހުރި ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 25 ޖުލައި 2026 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
މުބާރާތުގައި ހޮވޭ ވަނަތަކަށް ދެވޭ އިނާމު:
- މުޅި މުބާރާތުން 1 ވަނަ އަށް -/3،000ރ
- މުޅި މުބާރާތުން 2 ވަނަ އަށް -/2،000ރ
- މުޅި މުބާރާތުން 3 ވަނަ އަށް -/1،000ރ
- ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފިން ކޮންމެ ކީ ސްޓޭޖްއަކުން 1 ވަނަ އަށް -/1،000ރ
- ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފިން ކޮންމެ ކީ ސްޓޭޖްއަކުން 2 ވަނަ އަށް -/750ރ
- ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފިން ކޮންމެ ކީ ސްޓޭޖްއަކުން 3 ވަނަ އަށް -/500ރ
- ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ އަށް -/1،500ރ
- ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 2 ވަނަ އަށް -/1،000ރ
- ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 3 ވަނަ އަށް -/750ރ
މިމުބާރާތުގައި ވާދަކުރެވޭ ބައިތަކާއި، އުމުރުފުރާތަކާއި، މުޤައްރަރު ތިރީގައި އެވަނީއެވެ. އަދި މި އިޢުލާނާއިއެކު މިމުބާރާތުގެ ޤަވާޢިދު ޢާންމު ކުރި ވާހަކަ ދެންނެވީމެވެ.
މުބާރާތުގައި ވާދަކުރެވޭ ބައިތައް:
- ބަލައިގެން ކިޔެވުމުގެ ގޮފި
- ނުބަލައި ކިޔެވުމުގެ ގޮފި
16 ޖުލައި 2026
ހޯދާ
