އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން - ޑެންގީއިން ރައްކާތެރިވުމަށް ރަށުތެރެ ސާފުކުރުމާ ގުޅޭ
އިޢުލާން
ޑެންގީ އިން ރައްކާތެރިވުމަށް ރަށުތެރެ ސާފުކުރުމާ ގުޅޭ
މިދުވަސްވަރު އައްޑޫސިޓީގައި ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މީހުން އިތުރުވަމުން އަންނާތީ، މަދިރި މަދުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އަންގަމުންނެވެ. އެހެންކަމުން، ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އެގޮތުން މަދިރި އާލާވާގޮތަށް ހުންނަ ތަންތަން ސާފުކޮށް ގެއާއި ގޯތިތަކުގައި ދިގުކޮށް ހެދިފައި ހުރި ވިނަތަކާއި، މަގުތަކަށާއި ގެއާއި އިންވެގެން ހުންނަ ގޭގެއަށް ދަތިވާގޮތަށް ހުރި ގަސްތައް ކޮށައި ސާފުކޮށް ބެހެއްޓުމަށް ދަންނަވަމެވެ.
02 ޞަފަރު 1448
16 ޖުލައި 2026
16 ޖުލައި 2026
ހޯދާ
