ދިވެހިރާއްޖެ
ފޮއްދޫ ޤަބުރުސްތާނު ވަށާފާރާއި ގުދަނެއް ޢިމާރާތް ކުރުމާއި ކަރަންޓް އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، [email protected] އަށް އީމެއިލްކޮށް ރަޖިސްޓްރީ ވުމަށް ދަންނަވަމެވެ. މިކަމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
|
ތަފްޞީލު |
ތާރީޚް |
ދުވަސް |
ގަޑި |
|
ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި |
23 ޖުލައި 2026 |
ބުރާސްފަތި |
13:00 |
|
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި |
5 އޮގަސްޓް 2026 |
ބުދަ |
13:00 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ހުކުރު ހޮނިހިރު ދުވަސްފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ން 14:00 އަށް ކައުންސިލް އިދާރާގެ ފޯން ނަންބަރ: 6560016 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެއެވެ.
