މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލެ ނޯރތް ހާބަރުގައި ހުރި ކެފޭގެ ފުރަތަމަ ފަންގިފިލާ ކުއްޔަށް ދިނުމާއި ގުޅޭ

އެމްޕީއެލް މާލެ ނޯތު ހާބަރުގައި ހުރި ޢިމާރާތަކުން ހުސްވެފައިވާ ކެފޭ 5 (ފަސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ކުރެވިފައިވާ ޢިއުލާނާއި ގުޅިގެން ބިޑަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެ ޢިއުލާން ނަމްބަރ. (IUL)113-PD/1/2026/66  ބާތިލުކޮށް އަލުން ޢިއުލާނު ކުރީމެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

ރެޖިސްޓްރޭޝަން

21 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފުރިހަމަ ކުރަންވާނެއެވެ.

(ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

2.

މަޢުލޫމާތު ސާފުކުރުން

 

ބިޑާއި ގުޅޭ ޕްރީ- ބިޑް ސެޝަން 21 ޖުލައި 2026 ވަނަ ދުވަހުގެ 11:00 ގައި އެމް.ޕީ.އެލް ހެޑް އޮފީހުގައި އޮންނާނެއެވެ. ބިޑަށް ރެޖިސްޓަރވާ ފަރާތްތަކުން ޕްރީ-ބިޑް ސެޝަންގައި ބައިވެރިވުމަށް އެދެމެވެ.

މި އިޢުލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 21 ޖުލައި 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުއްވައި ދެއްވުން އެދެމެވެ.

(ބިޑުގައި ރަޖިސްޓަރވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ.)

3.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

23 ޖުލައި 2026 ވަނަ ދުވަހުގެ 11:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

(ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

4.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް.

 

އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3039255 އަށެވެ.

15 ޖުލައި 2026
ހޯދާ