އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ހިތަދޫ ސިޓީ ސްކުއެއަރ ކުރިމަތިން ހިއްކާފައިވާ ބިމުގެ އެކި ސަރަޙައްދުތަކަށް އެހެލާފައިވާ އުޅަނދުތައް ނެގުމާ ގުޅޭ

އިޢުލާން 

        ޤަވާޢިދު ނަންބަރު 2019/R-984 "އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާ ބެހޭ ޤަވާޢިދު" އާއި ޚިލާފަށް ހިތަދޫގެ ސިޓީ ސްކުއެއަރ ކުރިމަތިން ހިއްކާފައިވާ ބިމުގައި ބައެއް ފަރާތްތަކުން އެކި ސަރަޙައްދުތަކުގައި ލޯންޗުތަކާއި ޑިންގީތައް ބަހައްޓާފައިވުމާއި، އަދި އުޅަނދުތައް މަރާމާތުކުރުމާއި، ފައިބަރު މަސައްކަތްކުރުމާއި، އިންޖީނު ތެޔޮ ބަދަލުކޮށް ހަންހަމުގައި އެކި ތަންތަނުގައި ބަހައްޓާފައިވާކަން ފާހަގަ ކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން އެސަރަހައްދު ސާފުތާހިރުކޮށް ބެލެހެއްޓުމަށް ދަތިވުމާއި އެކު އާންމު ފަރުދުންނަށް އުނދަގޫވާކަމުގެ ޝަކުވާ މިއޮފީހަށް ލިބެމުންދާކަންވެސް ފާހަގަ ކުރަމެވެ.

        ވުމާއެކު، ހިތަދޫ ސިޓީ ސްކުއެއަރ ކުރިމަތިން ހިއްކާފައިވާ ބިމުގެ އެކި ސަރަޙައްދުތަކަށް ދޫކޮށްފައިވާ އެންމެހައި ތަކެތި 15 ޖުލައި 2026 އިން ފެށިގެން 10 ދުވަހުގެ ތެރޭ (ބަންދު ދުވަސް ހިމެނޭގޮތަށް) ނެންގެވުމަށް އަންގައި އިޢުލާން ކުރީމެވެ. މި މުއްދަތު ތެރޭގައި ނުނަންގަވައި ހުރި އެއްޗެއްވާނަމަ އެއީ ދޫކޮށްލެވިފައިވާ ތަކެތި ކަމަށް ބަލައި، ޤަވާއިދު ނަންބަރު 2019/R-984 (އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާ ބެހޭ ޤަވާޢިދު) ގެ ދަށުން މިއޮފީހުން އެތަކެތި ނަގައި އެ ސަރަހައްދު ސާފުކުރާނެ ވާހަކަވެސް ދަންނަވަމެވެ. އަދި މިގޮތަށް އުޅަނދުތައް ނެގުމުގެ ތެރޭގައި ލިބިދާނެ އުނިކަމަކަށް ނުވަތަ ގެއްލުމަކަށް މިއޮފީހުން ޒިންމާ ނުވާނެ ވާހަކަ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޞަފަރު 1448ހ.

15 ޖުލައި 2026މ.

15 ޖުލައި 2026
ހޯދާ