ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ފިޔޯރީ ޞިއްޙީ މަރުކަޒުގައި ސްޓާފް ކެންޓީނެއް އަޅައިދޭނެ ފަރާތެއް ހޯދުން

މި މަރުކަޒުގެ ހުޅަނގު ދެކުނު ފަރާތުގައި މިމަރުކަޒުން ދައްކާ ކުރެހުމާއި އަދި ސްޕެސިފިކޭޝަނާއި އެއްގޮތަށް ސްޓާފް ކެންޓީނެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 22 ޖުލައި 2026 ވަނަދުވަހުގެ 13:00 އަށް ފިޔޯރީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅާ އަންދާސީ ހިސާބު ބަލައިނުގަންނާނެ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކޮއްދިނުން 22 ޖުލައި 2026، 13:00 އަށް

     އަގު ހުށަހެޅުން:  28 ޖުލައި 2026 ވަނަ ދުވަހުގެ 14:00ގެ ކުރިން

  ތަން: ފިޔޯރީ ޞިއްޙީ މަރުކަޒުގެ އޮފީސް އިމާރާތުގެ މީޓިންގ ރޫމް

 

15 ޖުލައި 2026
ހޯދާ