ދިވެހިރާއްޖެ
އ.ތ.މ. ކޮމިޓީގެ ބަށި މުބާރާތް 2026 މި އޯގަސްޓް މަހުގެ 5 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ބައިވެރިވުމަށް ބޭނުންވާ ފޯމް، 16 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުން ފެށިގެން މި އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.
މި މުބާރާތް ކުރިޔަށްދާނީ ނެޝަނަލް ބަށިބޯލް އެސޯސިއޭޝަންގެ ގަވައިދު 2017 ގެ ޤަވައިދާ އެއްގޮތަށެވެ. މުބާރާތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުމަށް މި އިދާރާގެ ނަމްބަރ 6780034 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފު ކުރެއްވުން އެދެމެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިޔަކީ 30 ޖުލައި 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށެވެ. މުބާރާތުގެ ޗެމްޕިއަންޓީމަށް 10000ރ ، ރަނައަޕް އަށް 5000ރ ، އެންމެ މޮޅު 9 ކުޅުންތެރިން، ކޮންމެ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާ،މުޅި މުބާރާތުން ( އެންމެ މޮޅު ހިފުންތެރިޔާ، އެންމެ މޮޅު ޖެހުންތެރިޔާ އަދި ބަށީގެ ރާނީ ) ހޮވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.
