ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބާރ ގްލާސް މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން

                                                                                                                                                  

އިޢުލާނު

ފައިބާރ ގްލާސް މަސައްކަތް ކުރުމަށް ކުއްޔަށް ބިން ދޫކުރުން

މި އިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ފާހަގަ ކޮށްފައިވާ ބިންތަށް، މަހަކު އަކަފޫޓަކަށް 15/- (ފަނަރަ) ލާރިއަށް ވުރެ ކުޑަނުވާގޮތަށް ކުއްޔަށް ދޫކުރަން ބޭނުންވާތީ، މިކަމަށް ޝަޢުޤްވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 19 ޖުލައި 2026 ވަނަ ދުވަހުގެ 10:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 19 ޖުލައި 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން: 6780715

އީމެއިލް އައިޑީ: [email protected]

ބީލަން ހުޅުވުން އޮންނާނީ 23 ޖުލައި 2026 ވަނަ ދުވަހުގެ 10:00 ގައި މި އަދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ އިއުލާން ކުރީމެވެ. 

01 ސަފަރު 1448     

15 ޖުލައި 2026

 

 

15 ޖުލައި 2026
ހޯދާ