މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނބަލުންގެ ބަށި މުބާރާތް 2026ގައި ބައިވެރިވުމުގެ ފުރުޞަތު

ކަނބަލުންގެ ބަށި މުބާރާތް 2026ގައި ބައިވެރިވުމުގެ ފުރުޞަތު

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން އިންތިޒާމްކޮށްގެން ބ. ދަރަވަންދޫ ކަނބަލުންއަށް އަމާޒުކޮށްގެން ބަށި މުބާރާތެއް 2026 އޮގަސްޓް 21 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ދަރަވަންދޫގައި ދިރިއުޅޭ ހުރިހާ ކަނބަލުންއަށްވެސް ބައިވެރިވެވޭނެއެވެ.

 ވީމާ، މި މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވެލައްވާ ފަރާތްތަކުން  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ނައިބު ރައީސް، މަރިޔަމް ނީލާ (ނަންބަރު: 7381995) އާއި ގުޅުއްވާ ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. މި މުބާރާތް ކުޅެން ހަމަޖެހިފައިވަނީ ބައިވެރިވާން ބޭނުންފުޅުވާ ބޭފުޅުންގެ މެދުގައި ޓީމްތަކަކަށް ބަހާލެވިގެންނެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޖުލައި 27 ވާ ހޯމަ ދުވަހުގެ 13:00ގެ ނިޔަލަށްވަނީ ހުޅުވާލެވިފައެވެ.

15 ޖުލައި 2026
ހޯދާ