ދިވެހިރާއްޖެ
މިރަށު އޮޑިދޯނިފަހަރު އެހެލުމަށް ޚާއްސަކުރެވިފައިވާ ސަރަޚައްދު ތަރައްޤީކުރުމުގެ މަސައްކަތް މިކައުންސިލުން ކުރަންބޭނުންވާތީ، އެބިމުގައި އަމިއްލަ ފަރާތްތަކުން އިންދާފައިވާ ފޯދުނު 39 ރުއް އަދި ނުފޯދޭ 16 ރުއް ކަނޑަން ބޭނުންވެއެވެ. އޮޑިއެހެލާ ސަރަޚައްދުގެ އިރު އުތުރުން ކެނޑުމަށް ހަމަޖެހިފައިވާ ފޯދުނު ރުއްތަކުގައި O/01 އިން O/39 އަދި ނުފޯދޭ ރުއްތަކުގައި N/01 އިން N/16 އަށް ނޫކުލައިން ނަންބަރުޖަހައި ފާހަގަ ކޮށްފައިވާނެއެވެ.
ވީމާ، މިދެންނެވިގޮތަށް ނަންބަރު ޖަހާފައިހުރި ރުއްތަކުގެ ވެރިފަރާތްތަކުން ރުކުގައި ޖަހާފައި ހުރި ނަންބަރު އަދި އެއީ އެފަރާތެއްގެ ރުކެއްކަން އެނގޭނޭ ދެ ހެކިވެރިންގެ މަޢުލޫމާތާއެކު 28 ޖުލައި 2026 ވަނަ ދުވަހުގެ މެންދުރު 12:00 ކުރިން މިޢިދާރާއަށް ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
