މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ

މަޤާމު:

އެކައުންޓްސް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-459646

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 5 (ސްޓެޕް 1)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފައިނޭންސް ޔުނިޓް / މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، ހުޅުލެ

މުސާރަ:

9495.00ރ

މަޤާމުގެ އެލަވަންސް:

2850.00ރ

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ޙާޟިރީ ޢިނާޔަތުގެ ގޮތުގައި ޙާޟިރުވާ ކޮންމެ ދުވަހަކަށް -/75 ރުފިޔާ.
  • ދައުލަތުގެ ޕޭ ފްރޭމްވޯކުގެ މިންގަނޑުތަކާއި އެއްގޮތަށް އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1  ބަޖެޓްގެ އައިޓަމްތަކުން ކުރާ  ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، ދައުލަތުގެ މާލިއްޔަތު ޤަވަޢިދާއި އެއްގޮތަށް ބެލެހެއްޓުމާއި، ޚަރަދުކުރެވޭ ކޯޑުތަކުގައި ފައިސާ ހުރިވަރެއް ބެލުމަށްފަހު، މަދުވާ ކޯޑުތަކަށް ފައިސާ ރރިލީޒްކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާ، ޚަރަދުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

2  ފައިނޭންސް ޔުނިޓުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ލިޔެ ދީފައިވާ މުއަދަތުގެ ތެރޭގައި ފޮނުވުމާއި، އެކިފަރާތްތަކުން އަންނަ ލިޔުންތަކަށް ސްޕަވައިޒަރުގެ އިރުޝާދާ އެއްގޮތަށް 3 ދުވަހުގެ ތެރޭގައި ޖަވާބުދީވެ ލިޔުންތައް ފަސޭހައިން ފެންނާނެ ގޮތަށް ދުވަހުން ދުވަހަށް ފޯލްޑަރ ތަކުގައި ރައްކާކޮށް ބެލެހެއްޓުން.

3  ފައިސާ އާއި ބެހޭ ކަންތައް ތަކުގައި ބޭންކް ތަކަށް ދިއުމާއި، ފައިސާ ނެގުމާއި ޖަމާކުރުން.

4  ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރު ކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަމަށް ތައްޔާރުވުމާއި ކުރިޔަށް އޮންނަ 3 އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމަށް އެހީތެރިވުމާއި މިނިސްޓްރީ އޮފް ފިނޭންސް އިން ދޭ މުއްދަތުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމާ ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އެހތެރިވުން.

5  މި ސަރވިސް އިން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް 3 ދުވަސްތެރޭގައި ނުވަތަ ބިލްގެ މުއްދަތު ހަމަވުމުގެ ކުރިން ފައިސާ ދެއްކުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްގެ ސެޕް ސިސްޓަމަށް އެޅުމަށްފަހު ޕޯސްޓް ކުރުމަށް ޙަވާލުކުރުމާއި، ބާކީ ޖެހުމަށްފަހު ބިލް ނުލިބޭ ފޯމުތަކުގެ މަޢުލޫމާތު ޕްރޮކިއުމެންޓަށް ފޮނުވުން.

6  ދައުލަތުގެ މާލިއްޔަތު ޤަވާޢިދާއި އެއްގޮތަށް ކޮންމެ މަހެއްގެ މުސާރަ ދިނުމަށްޓަކައި، ފިނޭންސް މިނިސްޓްރީން އަންގާ މުއްދަތުގައި، މުސާރާ ޕޯސްޓް ކުރުމަށްޓަކައި ހެދޭ ސިމިއުލޭޝަނުން ފާހަގަ ކުރެވޭ ފައިސާ މަދުވާ ކޯޑުތަކަށް ފައިސާ ހަމަޖައްސާ މުސާރަ ޕޯސްޓުކުރެވޭނެ އިންތިޒާމު ހަމަޖައްސާ ނިންމުން.

7  ފައިނޭންސް ޔުނިޓްގެ އީމެއިލް ކޮންމެ މަސައްކަތު ދުވަހަކު މަދުވެގެން 2ފަހަރު ޗެކް ކުރުމާއި، މިނިސްޓްރީ އޮފް ފިނޭންސްގެ ވެބްސައިޓް ކޮންމެ ރަސްމީދުވަހަކު ފެށޭގަޑިއާއި ނިމޭގަޑީގައި ޗެކްކޮށް އައު ސަރކިއުލަރ އެއް ވާނަމަ ސްޕަވައިޒަރގެ ސަމާލުކަމަށް ގެނައުމާއި، ފައިނޭންސާގުޅޭ ސަރކިއުލަރތައް އެންޓްރީއަށް ފޮނުވާ އެހެނިހެން މުވައްޒަފުންގެ ސަމާލުކަމަށް ގެނައުން.

8  ދައުލަތުގެ މާލިއްޔަތު ޤާވާޢިދާއި އެއްގޮތަށް ޕޭމަންޓް ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުމާއި، މަހަކު އެއްފަހަރު ޚަރަދު ރިޕޯރޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސްއަށް ޤަވާއިދުން ފޮނުވުން.

9  އީ ގަވަރމަންޓް މެދުވެރިކޮށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ފޮނުވުމާއި، އަދި މިނޫންވެސް އީ ގަވަރމެންޓް މެދުވެރިކޮށް ކުރުމަށް އޮފީހުން ޙަވާލުކުރެވޭ މަސައްކަތައް ކުރުން.

10  ވަޒީފާގެ ދާއިރާއިން ކުރަންޖެހޭ އެހެނިހެން ކަންތައްތައް ކުރުމާއި، ޚާއްޞަ ޙާލަތްތަކުގައި މި ސަރވިސްގެ އެހެން ޔުނިޓްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް

  • އެކައުންޓިންގ
  • އޮޑިޓިންގ
  • އިންޓަރނަލް އޮޑިޓިންގ
  • އޮޑިޓިންގ އެންޑް ފްރޯޑް އިންވެސްޓިގޭޝަން
  • އެކައުންޓިންގ އެންޑް ފައިނޭންސް
  • ފޮރެންސިކް އެކައުންޓިންގ
  • ޕަބްލިކް ފައިނޭންސް
  • ފައިނޭންސް
  • ފައިނޭންޝަލް މެނޭޖްމަންޓް
  • ފައިނޭންޝަލް މާކެޓްސް
  • ފައިނޭންޝަލް ޕްލޭނިންގ
  • ކޯޕަރޭޓް ފައިނޭންސް
  • ބޭންކިންގ
  • އިސްލާމިކް ފައިނޭންސް
  • އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް
  • ފައިނޭންޝަލް އިންޖިނިއަރިންގ
  • ފައިނޭންޝަލް އިކޮނޮމިކްސް
  • ކޮމާސް
  • ބިޒްނަސް
  • ކޭޝިއަރިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ޕަރފޯމަންސް އޮޑިޓިންގ ގެ މަސައްކަތްތައް
  • ބޭންކިންގ ގެ މަސައްކަތްތައް
  • އިންޝުއަރެންސްގެ މަސައްކަތްތަކުގެ ފަންނީ މަސައްކަތްތަކާއި ދިރާސާކުރުމުގެ މަސައްކަތްތައް
  • އޮޑިޓިންގ ގެ މަސައްކަތްތައް
  • އިންޓަރނަލް އޮޑިޓިންގ ގެމަސައްކަތްތައް
  • އެޝުއަރެންސް ސަރވިސްގެ މަސައްކަތްތައް
  • އެކައުންޓިންގ ގެ މަސައްކަތްތައް
  • ފައިނޭންގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ޖުލައި 23 ވަނަދުވަހުގެ 12:00ގެ ކުރިން، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށެވެ.  ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީ - މެއިލް  [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ނޯޓް:  އެޕްލިކޭޝަނާއެކު ހުރިހާ ޑޮކިއުމަންޓެއް އެއްފައިލަކަށް ޕީ.ޑީ.އެފްކުރުމަށްފަހު އީ-މެއިލް ކުރައްވާއިރު މެއިލްގެ ސުރުހީގެ ގޮތުގައި މަޤާމުގެނަން ޖެއްސެވުންއެދެމެވެ

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 2026 އޮގަސްޓް 2 ވަނަ ދުވަހާއި 5 ވަނަދުވަހާއި ދެމެދު، ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ގެ ސަންޝައިން މާލަމު ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މިސަރވިސްގެ 3037215 ނުވަތަ 3037225 ނަމްބަރ އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > " ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

15 ޖުލައި 2026
ހޯދާ