ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖުލައި 2026 ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
އިޢުލާން
|
ޖުލައި 2026 ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު |
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ ފަރާތުން 2026 ޖުލައި މަހުގައި ފީއަލީގެ ލޮބުވެތި ރައްޔިތުންނާއި ބައްދަލުކުރުމާއި ގުޅޭ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (7/2010) ގެ 107 ވަނަ މާއްދާގައި ކައުންސިލަށް ލާޒިމުކުރާ ރައްޔިތުންގެ ބައްދަލުވުން 27 ޖުލައި 2026 ވާ ހޯމަ ދުވަހުގެރޭ 20:45 ގައި ފ. އަތޮޅު މަދަރުސާގައެވެ.
މިބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީ:
- 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ހިއްސާކުރުން
- 2027 ވަނަ އަހަރުގެ މަސައްކަތުގެ ތާވަލު ހިއްސާކުރުން
- 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ހިއްސާކުރުން
- ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުގެނައުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް ފީއަލީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. މިހެންވެ މިކަން އަންގާ އިޢުލާން ކުރީމެވެ.
14 ޖުލައި 2026
29 މުޙައްރަމް 1447
ޙާދިމްކުމް
އަޙްމަދު އިލްހާމް
ފީއަލީ ކައުންސިލްގެ ރައީސް
14 ޖުލައި 2026
ހޯދާ
