ދިވެހިރާއްޖެ
ނަންބަރު :HDC(161)-FPR/IU/2026/202
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހިއްކި ބިމުގައިވާ އުޅަނދެއް ނީލަން ކިއުމާ ގުޅޭ
ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ހިއްކި ބިމުގައިވާ އުޅަނދެއް ނީލަމުގައި ބާ ދަގަނޑުގެ ގޮތުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައިއެވެ. ވީމާ މިއުޅަނދު ނީލަމުގައި ބައްލަވައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން
މިކޯޕަރޭޝަންގެ ހެޑް އޮފީސް / އެގްޒެބިޝަން ސެންޓަރއަށް 23 ޖުލައި 2026، ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00 ޙާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ޖުލައި 2026 ވާ ބުރާސްފަތި
ދުވަގުގެ ހެދުނު 10:00 އަގު ހުށަހެޅުވުމަށް އެދެމެވެ.
ނީލަމުގައި ބައިވެރިވެލެއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ. ނިލަމުގެ މަޢުލޫމާތު ކަރުދާސް މިޢިއުލާނާއި އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ޝުކުރިއްޔާ
14 ޖުލައި 2026
28 މުޙައްރަމް 1448
