ދިވެހިރާއްޖެ
އިޢުލާން
ގަސް އާލާކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ވަގުތީ ބިން ދޫކުރުމާ ގުޅޭ
ކިނބިދޫގެ އަލަށް ހިއްކި ސަރަހައްދުން، ގަސް އާލާކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ވަގުތީ ބިންތަކެއް ދޫކުރުމަށް ކިނބިދޫ ކައުންސިލުން ވަނީ ނިންމާފައެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، ކިނބިދޫ ކައުންސިލް އިދާރާގައި ނަން ނޯޓުކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. ނަން ނޯޓުކުރުމުގެ މުއްދަތު ހަމަވުމުން، ކުރިމަތިލާ ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، ބިން ދޫކުރުމުގައި އަމަލުކުރާނެ އުސޫލުތަކާއި، ގަވާއިދުތަކުގެ އިތުރުން ބިން ދޫކުރާނެ މިންގަނޑުތައް ކައުންސިލުން ކަނޑައަޅައި އާންމުކުރާނެއެވެ.
މި ފުރުސަތުގެ ދަށުން ދޫކުރެވޭ ބިންތަކަކީ ވަގުތީ ބިންތަކެއް ކަމާއި، މި ބިންތަކަކީ ހަމައެކަނި ރޯ ގަސް އާލާކުރުމަށް ހާއްސަކުރެވިފައިވާ ބިންތަކެއްކަން ފާހަގަކުރަމެވެ. އެހެންކަމުން، މި ބިންތަކުގައި ދަނޑުވެރިކަން ކުރުމާއި، މޭވާއާއި ތަރުކާރީ ނުވަތަ ކާބޯތަކެތީގެ އެއްވެސް ބާވަތެއް ހެއްދުމަކީ މަނާކަމެކެވެ. ބިން ލިބޭ ފަރާތްތަކުން، އެ ބިން ބޭނުންކުރުމާއި، ބެލެހެއްޓުމާއި، އަދި ބިން އަނބުރާ ހަވާލުކުރުމުގައި ކައުންސިލުން ކަނޑައަޅާ އުސޫލުތަކާއި ޝަރުތުތަކަށް ފުރިހަމައަށް އަމަލުކުރަންވާނެއެވެ.
ހުށަހަޅަންޖެހޭ ސުންގަޑި:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި އިދާރާގެ 'އެކި އެކި ކަންކަމަށް އެދި ހުށަހަޅާ ފޯމު' މެދުވެރިކޮށް، 19 ޖުލައި 2026 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
29 މުޙައްރަމު 1448 ހ
