ފާދިއްޕޮޅު އޮޅުވެލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހާ ކޯހުގައި ރަޖިސްޓްރީ ވުމަށް ހުޅުވައިލުން

ފަހާ ކޯހުގައި ރަޖިސްޓްރީ ވުމަށް ހުޅުވައިލުން

އޮޅުވެލިފުށީ ކައުންސިލާ އ.ތ.މ ކޮމެޓީ ގުޅިގެން އިންތިޒާމްކޮށްގެން ބާއްވާ "ކަނބަލުންގެ ފަހާ ކޯސް" ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ. ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 31 އޮގަސްޓް 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މި ކައުންސިލްގެ އީ.މެއިލް  [email protected]  އަށް ފޮނުއްވާދެއްވުން އެދެމެވެ.

ކޯހުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ކައުންސިލް އިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

ކޯހުގެ މަޢުލޫމާތު އަދި ބައިވެރިވުމަށް އެދޭ ފޯމު މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 މުޙައްރަމް 1448

14  ޖުލައި  2026

14 ޖުލައި 2026
ހޯދާ