ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"އެކްޝަސައިޒް ހިތްވަރު" ތަމްރީނު ހަރަކާތާ ގުޅޭ

އިޢުލާން

"އެކްޝަސައިޒް ހިތްވަރު" ތަމްރީނު ހަރަކާތާ ގުޅޭ

      އެމް.އެން.ޑީ.އެފް ސަދަން އޭރިއާ ކޮމާންޑުން ސިފައިންގެ އަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ މަގުޞަދުގައި ހިންގާ "އެކްޝަސައިޒް ހިތްވަރު" ތަމްރީނުތައް ތިނަދޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނުތަކާ ގުޅޭ މަޢުލޫމާތު ތިިނަދޫ ސިޓީގެ ލޮބުވެތި ރައްޔިތުންގެ ސަމާލުކަމަށްޓަކައި ދަންނަވަަމެވެ.

ތަމްރީނު އޮންނާނެ ތާރީޚު: 28 ޖުލައި 2026 އިން 30 ޖުލައި 2026 އަށް.

ބޭނުންކުރާ ތަކެތި: މި ތަމްރީނުތަކުގައި ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަރަޙައްދު: ތިނަދޫ ސިޓީ އަދި ކާޑެއްދޫ ހިމެނޭ ސަރަޙައްދު.

ވީމާ، މި ހަރަކާތް ކުރިއަށްދާ ވަގުތުތަކުގައި އާންމު ރައްޔިތުން މިކަމަށް ސަމާލުކަން ދެއްވުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެކެވެ. މިފަދަ ކަންކަމުގައި ތިނަދޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް، އެކަމަށްޓަކައި ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.

14 ޖުލައި 2026
ހޯދާ