މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ބޭނުމަށް ރެކްރޫޓްމަންޓް އެޖެންސީއެއް ނެގުމާއި ގުޅޭ

މި ކުންފުނީގެ ބޭނުމަށް 3 ރެކްރޫޓްމަންޓް އެޖެންސީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 1.

ރެޖިސްޓްރޭޝަން

16 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓާ ވުމަށް އެދޭ ފޯމް) ފުރިހަމަ ކުރަންވާނެއެވެ.

(ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 2.

މަޢުލޫމާތު ސާފުކުރުން

 

މި އިޢުލާނާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުއްވައި ދެއްވުން އެދެމެވެ.

(ބިޑުގައި ރަޖިސްޓަރވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ.)

 3.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

22 ޖުލައި 2026 ވަނަ ދުވަހުގެ 13:00 އަށް އެމް.ޕީ.އެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

(ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 4.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

ޕްރޮޕޯސަލް އަދި މައުލޫމާތު ޝީޓްގައި ގައި ބަޔާންކޮށްފައިވާ ލިޔުންތައް.

އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3039258 އަށެވެ.

13 ޖުލައި 2026
ހޯދާ