ދިވެހިރާއްޖެ
|
އޮޅުވެލިފުށީ ކަނބަލުންގެ ވޮލީބޯޅަ މުބާރާތުގެ ރެފްރީން ހޯދުން އޮޅުވެލިފުށީ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ " އޮޅުވެލިފުށީ ކަނބަލުންގެ ވޮލީބޯޅަ މުބާރާތް 2026 " ގައި ރެފްރީކަންކޮށްދޭނެ 5 ބޭފުޅުން ހޯދަން ބޭނުންވެއްޖެއެވެ. ވޮލީބޯލް އެސޯސިއޭޝަންގެ ލައިސަންސް އޮތް ފަރާތްތަކުގެ ތެރެއިން، މިކަމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކުން 2026 ޖުލައި 30 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު މި ކައުންސިލްގެ އީ.މެއިލް [email protected] އަށް ފޮވުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ރެފްރީން ހޮވުމުގައި އިސްކަން ދެވޭނީ އެއްމެފުރަތަމަ ފޯމު ހުށަހަޅާ ފަރާތްތަކަށާއި ،ރަށަށް ނިސްބަތްވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. ނޯޓް: ކުރިމަތިލުމަށް އެދޭ ފޯރމު ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެކަމުގައިވެސް ދަންނަވަމެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. |
|
28 މުޙައްރަމް 1448 13 ޖުލައި 2026 |
